ފުލުހުން ކުރިމަތިލާން ވާނީ ގާނޫނުގެ ތެރެއިން - އިމްރާން

ފުލުހުންގެ މަސްއޫލިއްޔަތާ ޒިންމާ އަދާ ކުރަން ކުރިމަތިލާންވާނީ ގާނޫނާއި ހަމަތަކުގެ ތެރެއިން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ މިހެން ވިދާޅުވީ، ފުލުހުންގެ "މެމޯރިއަލް ޑޭ" ފާހަގަ ކުރަން މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ ފުލުހުންގެ ޒިންމާ އާއި މަސްއޫލިއްޔަތު އަދާކުރާއިރު، ބައެއް ފަހަރު ކުރިމަތިލާން ޖެހެނީ ގާނޫނީ އިމުގެ ބޭރުގައި ތިބޭ ފަރާތްތަކާ ކަމަށާއި، އެ ފަރާތްތަކުގެ ކިބައިން ފުލުހުންނަށް އަބަދުވެސް ދަތިތަކާއި ފުރައްސާރަ އާ ކުރިމަތިލާން ޖެހޭ ކަމަށެވެ.

"މިފަދަ ފަރާތްތަކާ ކުރިމަަތިލާ ހިނދު ގާނޫނާއި އަހުލާގިއްޔާތުގެ ހަމައިގެ ތެރޭގައި ތިބެ އަޅުގަނޑުމެންނަށް ކުރިމަަތިވާ ކޮންމެ ކަމަކީ އެންމެންގެ ހައްގުގައި ކުރިމަތިވާ ކަމެއް ކަމުގައިި ފާހަގަ ކުރަންޖެހޭ. އަދި އަޅުގަނޑުމެންގެ އަމަލުތައް އެގޮތުގައި ރީތިކޮށް ސާފުކޮށް ބަލަހައްޓަން ޖެހޭ. އޭރުން އަޅުގަނޑުމެންނަށް ލިބޭ ކޮންމެ ގެއްލުމެއްގައި އެންމެން ބައިވެރިވާނެ" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރ އިމްރާން ވިދާޅުވީ، ފުލުހުންގެ މުއައްސަސާއަށް އަބަދުވެސް ގޮންޖެހުންތަކާ ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށާއި ފުލުހުންގެ މަސްއޫލިއްޔަތަކީ އެންމެންގެ ލޯތްބާއި ރުހުން އަދި އެންމެންގެ އެހީތެރިކަން ލިބޭނެ ކަމެއް ނޫން ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ