މޯލްޑިވްސް ޕޯޓް ލިމިޓެޑް(އެމްޕީއެލް)ގެ އޮފީހުން ރޭ ވައްކަން ކުރަން އުޅުނު މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
އެމްޕީއެލް ގެ ސްޓާފް އޭރިއާގެ އޮފީހުން ވައްކަން ކުރަން އުޅެނިކޮށް ހައްޔަރުކޮށްފައިވަނީ އުމުރުން 19 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން ވިދާޅުވީ. ރޭ 22:30 ހާއިރު އެމްޕީއެލްގެ ސްޓާފް އޭރިއާ އޮފީހުން ވައްކަން ކުރަން އުޅުނު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާކަމެވެ.
އޮފީހުން ވަގަށް ނަގަން އުޅެފައިވަނީ ކޮން އެއްޗެއްކަމެއް ފުލުހުން ހާމަކޮށްފައިނުވާއިރު، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުޤީގުކުރަމުންނެވެ.
މިމަހުގެ 20 ވަނަ ދުވަހު އެމްޕީއެލް ހެޑް އޮފީހުގެ ހިއުމަން ރިސޯސް ޑިޕާރޓްމަންޓްގެ ކުޑަދޮރެއް ހަލާކުކޮށްލާ އޮފީސްތެރެއަށް ވަދެ އެ އޮފީހުގެ ލިޔެކިޔުންތަކެއްވެސް ވަނީ ވަގަށް ނަގާފައެވެ،
މިކަމާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވީ، އެމްޕީއެލްގެ ހެޑް އޮފީހަށް ވަދެ ވައްކަން ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް 2019 ޖުކައި 20 ވަނަ ދުވަހުގެ ރޭ 21:45 ހާކަންހާއިރު ފުލުހުންނަށް ހުށައަޅާފައިވާކަމަށެވެ.



