ގއ. ކޮލާމާފުށި ގެއަކުން ވައްކަން ކުރި ޒުވާނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި ވައްކަން ކޮށްފައިވަނީ މިއަދު ހެނދުނު ގާތްގަނޑަކަށް 11:00 ހާއިރުއެވެ.
ފުލުހުން ވިދާޅުވިގޮތުގައި، މި މައްސަލަ ފުލުހުންނަށް ހުށައެޅިތާ ގާތްގަނޑަކަށް ބައިގަޑިއިރު ތެރޭގައި ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ 04 ޓެބްލެޓް ވަނީ ހޯދާފައެވެ. އަދި މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 34 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ވަނީ ވިދާޅުވެފައެވެ.
މި މައްސަލަ ފުލުހުން ދަނީ ތަޙްގީގު ކުރަމުންނެވެ.
ވައްކަމުގެ މައްސަލަތައް އިތުރު ވަމުން ދިއުމާއި ގުޅިގެން ފުލުހުން ދާދި ފަހަކުން ވަނީ މިކަންކަން ހުއްޓުވުމަށް ޚާއްސަ ޕްރޮގްރާމެއްވެސް ކުރިޔަށް ގެންގޮސްފައެވެ.




2 Responses
I hate you sheereeeeen. how could you
? do this. Its your own son
ހައްޔަރު ކޮށްފައިވަނީ އެރަށު ރޯޝަނީ މަންޒިލް ތޯހާ މުފީދު.އެއީ ބޮޑު ވަގެއް.