ގއ.ކޮލަމާފުށި - ފޮޓޯ: ނަޖް

ފުލުހުން މިއަދު ކޮލަމާފުށިން ހައްޔަރުކުރީ ބޮޑުވަގެއް!

ގއ.ކޮލަމާފުށީގެ ގެއަކުން ވައްކަން ކުރި މައްސަލައެއްގައި މިއަދު މެންދުރުކުރި ފުލުހުން ވަނީ ހުށިޔާރުކަމާއެކު ވަގަކު ހައްޔަރުކޮށް ވަގަށް ނެގި ހަތަރު ޓެބްލެޓް ހޯދާފައެވެ. އެ ވަގު ފުލުހުން ހައްޔަރުކުރީ ވައްކަމުގެ މައްސަލަ ފުލުހުންނަށް ރިޕޯޓްކުރިތާ ބައިގަޑިއެއްހާއިރުގެ ތެރޭގައެވެ.

ކޮލަމާފުށިން ވަގަކު ހައްޔަރުކުރިކަން ފުލުހުން މިއަދު ކުރިން ހާމަކުރި ނަމަވެސް އެއީ ފިސާރި ބޮޑު ވަގެއްކަން މިވަނީ ފުލުހުންގެ ތަޙްޤީޤުން ހާމަވެފައެވެ.

ފުލުހުން ދާދި ދެންމެ ވިދާޅުވީ، 34 އަހަރުގެ މި މީހާ ހައްޔަރުކޮށް ހިންގި ތަޙްޤީޤުން، އެމީހާ އެކި ދުވަސްމަތިން ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފޯނާއި ޓްބެލެޓް ފެނިފައިވާ ކަމަށެވެ.

"މިމީހާ ހައްޔަރުކޮށް ހިންގި ތަޙްޤީޤުން، މި މީހާ އެކި ދުވަސްމަތިން ވަގަށް ނަގައިގެން އެރަށުގައި ދިރިއުޅޭ ބަަންގުލަދޭޝް މީހަކަށް ވިއްކާފައިވާ 13 ފޯނާއި، 5 ޓެބްލެޓް ފުލުހުން ހޯދާފައިވޭ." ފުލުހުން ވިދާޅުވިއެވެ.

ކޮލަމާފުށިން ބޮޑު ވަގަކު ހައްޔަރުކުރިއިރު، ރޭ ވެސްޓަރން ޔޫނިއަން ކައިރިން ޑޮލަރު ފޮއްޓެއް ވަގަށް ނަގަން އުޅުނު މީހުންނަށް "އޮޅިގެން" ވަގަށް ނެގިފައިވަނީ ހުސް ފޮށްޓެކެވެ. ނަމަވެސް ވައްކަމުގެ މައްސަލަތައް އިތުރުވެފައިވާކަން ފާހަގަކޮށްލެވެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް

2 Responses

  1. Sheereen maaya mufeedh

    kolamaafushin vakkan kuree t**** m*****. Bodu vageh. Faiye boe bagura kakkaa vikkaa hadhaa Kolamaafushi raiyyithunnah huri nurakkaleh.

  2. ޝީިރީނާ މުފީދު

    ބޮޑުވަގަށް ފުރުސަތުދިނީ ކޮލަމާފުށީގަ ތިބި ފުލުހުން.އެމީހުން ރަށުގެ ވާނުވާ ނުބަލާ.ރަށުގެ ފުލުސްކުދިން ރަށަށް ފޮނުވުމަކީ ހުރަހެއް.ފުލުހުން ތިބެނީ ކޮޓަރީގަ.ރޭގަނޑު ނައިޓް ފިޝިންގ އަށް.

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ