ބޮޗޭ (ކ) އަދި މުއާޒް (ވ) - ފޮޓޯ: ވަން އޮނަލައިން

ޑީއާރުޕީގެ ރަޖިސްޓްރާއަކަށް ބޮޗޭ، ތަރުޖަމާނަކަށް މުއާޒް

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގެ ރަޖިސްޓްރާއަކަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ރިފާއު (ބޮޗޭ) ހަމަޖައްސައި، ޕާޓީގެ ތަރުޖަމާނަކަށް ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ހަމަޖައްސައިފިއެވެ.

މި ދެބޭފުޅުން މި މަޤާމަތަކަށް ހަމަޖައްސަވާފައިވަނީ، މިރޭ ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައެވެ.

މީގެ އިތުރުން ޑީއާރުޕީގެ ލީޑަރާއި ނައިބު ލީޑަރުންނަށް ވެސް މިރޭ ބޭފުޅުން ހަމަޖައްސައިފައިވާއިރު، އެ ޕާޓީގެ ލީޑަރަކަށް ހަމަޖައްސާފައިވަނީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުއެވެ.

ޑީއާރުޕީޣެ ނައިބު ލީޑަރުންނަށް ހަމަޖައްސާފައިވަނީ ކުރިން އެ ޕާޓީގެ ލީޑަރުކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ނަޝީދު (ކާނަލް) އާއި މާލޭ ސިޓީ ކައުންސިލްގެ މެމްބަރު މުހައްމަދު ފިޝާވިންއެވެ.

ޑީއާރުޕީއަށް ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު އަދި މާފަންނު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ރިފާއު (ބޮޗޭ) ސޮއިކޮށްފައިވަނީވެސް މިރެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ