ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން އެތައް ދުވަހެއް ވަންދެން ހުއްޓިފައި އޮތް ޓޫރިޒަމް އިންޑަސްޓްރީ އަލުން ހުޅުވާލާއިރު، ޓޫރިޒަމް އިންޑަސްޓްރީން އަގުހެޔޮ ޕެކޭޖްތަކެއް މާކެޓް ކުރަން ޖެހޭ ކަމުގައި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އިން ވިދާޅުވެެއްޖެއެވެ.
ޑީއާރުޕީ އިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ޓޫރިޒަމް އިންޑަސްޓްރީ އަލުން ހުޅުވާލާ ވާހަކަ ދައްކާއިރު ޓޫރިޒަމް އިންޑަސްޓްރީން އާ މެނޫ އެއް ނެރޭ ތަނެއް ނުފެންނަކަށެވެ. އެގޮތުން އެމްއެމްޕީއާރުސީ އާއި މަޓީ، މަޓާޓޯއާއި އަދި ޓޫރިޒަމް އިންޑަސްޓްރީ ގުޅިގެން އަގުހެޔޮ ސޭފް ސަރވިސް ޕެކޭޖްތަކެއް އެކުލަވާލާ މާކެޓް ކުރަންޖެހޭ ކަމުގައި އެޕާޓީން ވަނީ ވިދާޅުވެފައެވެ.
Tourism industry alun hulhuvaalaa vaahaka dhakkaa iru tourism industry in aa menu eh nerey thaneh nufeney, MMPRC, MATI, @matatoMV, adhi tourism industry gulhigen aguheyo, safe service package thakeh ekulavaalaa market kuran jehey! @VaguthuOnline @oneonlinemv @sunbrk @cnm_mv
— DRP (@drpmaldives) September 23, 2020
ޓޫރިޒަމް އިންޑަސްޓްރީ އަކީ ރާއްޖޭގެ އިޤްތިޞާދު އެންމެ ބޮޑަށް ބަރޯސާ ވެފައިވާ އިންޑަސްޓްރީއެވެ. އަދި ރާއްޖެއަށް އެންމެ ގިނައިން ބޭރު ފައިސާ ވަންނަނީވެސް މި ދާއިރާގެ އިންނެވެ. ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން ޓޫރިޒަމް އިންޑަސްޓްރީ އެއްކޮށް ހުއްޓުމަށް ވަނީ އައިސްފައެވެ. އެއާއި އެކު އޭގެ ނޭދެވޭ އަޞަރު މުޅި އިޤްތިޞާދަށް ވަނީ ކޮށްފައެވެ.
މީގެ އިތުރުން ބޭރުފައިސާ ލިބުން ދަތިވެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގުވެސް ވަނީ ވަރަށް ބޮޑަށް މައްޗަށް އަރާފައެވެ.
ޖުލައި މަސްތެރޭގައި ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއެކު ބައެއް ރިސޯޓްތައް ހިންގަން ފެށި ނަމަވެސް ރާއްޖެ އަންނަމުން ދަނީ ކުރިއާއި އަޅާބަލާއިރު ނިސްބަތުން ވަރަށް މަދު ޓޫރިސްޓުންނެވެ.




