މިއަހަރުގެ ގިނަ ބަޔަކު އެންމެ އިންތިޒާރުކުރަމުން އައި، އަބްދުﷲ މުއާޒް (މުއާ) ޑައިރެކްޓްކުރާ ފުރަތަމަ ފީޗާ ފިލްމް، “ލީނާ” ރޭ ޕްރިމިއާކޮށްފިއެވެ.
ރޭ 9:00 ގައި އޮލިންޕަހުގައި ބޭއްވި ހާއްސަ ރަސްމިއްޔަތަކާއެކު "ލީނާ" ޕްރިމިއާ ކޮށްފައިވާއިރު، ރެއަކީ ފިލްމްގެ ޑައިރެކްޓަރު މުއާ އަދި ފިލްމް ޓީމަށްވެސް ވަރަށް ހާއްސް ރެއެކެވެ. ރެޑްކާޕެޓްގެ އިވެންޓަކާއެކު "ލީނާ" ޕްރިމިއާކޮށްފައިވާއިރު، ޕްރިމިއަރ ޝޯގައި ތަފާތު މުނިފޫހިފިލުވުމުގެ ސްޓޭޖް ހަރާތްތައްވެސް ކުރިއަށް ގެންގޮސްފައިވެއެވެ.
ފިލްމް ގެ ދެ ލީޑު ތަރިން ކަމުގައިވާ ކުޅަދާނަ ބަތަލާ މަރިޔަމް އައްޒަ އަދި މިވަތު ދިވެހި ފިލްމް އިންޑަސްޓްރީގެ އެންމެ މަޤުބޫލު ބަތަލު އަލީ އާޒިމް (ދޮން އައްޔަ) ލީޑު ރޯލުން ފެނިގެންދާ މި ފިލްމަކީ މުޖުތަމަޢުއަށް އިބްރަތްތެރި މެސެޖު ތަކެއް ފޯރުކޮށްދޭނެ ފިލްމެކެވެ.
މީގެ އަހަރުތަކެއް ކުރިން ވިޔަފަރިވެރިންގެ ޖަމިއްޔާގެ ފާހަނާ ތެރޭގައި މަރާލާފައި އޮއްވާ ފެނުނު އެ ޖަމިއްޔާގެ ސެކެރެޓަރީ އަޒްލީނާ ނަފީސް ގެ މަރުގެ ހާދިސާއިން އިންސްޕަޔާރ ވެގެން މުއާ ތައްޔާރުކުރި ދިވެހި ފިލްމު “ލީނާ” ރޭ ޕްރީމިއާ ކޮށްފައިވާއިރު، މި ފިލްމަށް ފިލްމްގެ ތަރިންނާއި އަދި މުޅި ޓީމުންވެސް ކުރާ އުއްމީދު ވަރަށް ބޮޑެވެ.
އެގޮތުން މި ފިލްމަކީ އެވޯޑުތަކަކަށް އަމާޒުކޮށްގެން ހަދާފައިވާ ފިލްމެއްކަމަށް ފިލްމްގެ ޑައިރެކްޓަރު މުއާ ބުނެފައިވާއިރު، މުއާގެ ފުރަތަމަ ފީޗާ ފިލްމް ބެލުންތެރިންނަށް ބަލައިގަންނާނެބާއެވެ.؟ މިއީ ހަމަގައިމުވެސް މުއާވެސް ހޯދަން ބޭނުންވާނެ ޖަވާބެކެވެ.



