ނަހުލާގެ "ބޮސް" އަނެއްކާވެސް އޮލިމްޕަހަށް!

2017 ވަނަ އަހަރު ރިލީޒްކުރި އަސަރު ގަދަ ލޯބީގެ ފިލްމް “ބޮސް” އޮގަސްޓް މަހުގެ 2ވަނަ ދުވަހު އަނެއްކާވެސް އޮލިމްޕަހުގައި އެޅުވުމަށް ނިއްމައިފިއެވެ.

ފާތުމަތު ނަހުލާގެ ސްކްރީންޕްލޭއަކަށް، އޭނާ ޕްރޮޑިއުސްކޮށް، އައިޝަތު ރިޝްމީ ޑައިރެކްޓް ކުރި ފިލްމް "ބޮސް" އަކީ މީގެ ކުރިންވެސް ކާމިޔާބު ޝޯތަކެއް އެތައް ފަހަރެއްގެ މަތިން ދައްކާފައިވާ ފިލްމެކެވެ.

މި ފިލްމް މިފަހަރުވެސް އަޅުވަން ހަމަޖެހިފައި މިވަނީ ސަޕޯޓަރުންގެ އެދުމުގެ މަތިންކަމަށް ނަހުލާ އަދި ރިޝްމީ ބުނެފައިވެއެވެ. އަދި ކޮންމެފަހަރުކެވެސް މި ފިލްމަށް ބެލުންތެރިންގެ ފަރާތުން ހީނުކުރާވަރުގެ ތަރުޙީބެއް ވަނީ ލިބިފައެވެ.

ފިލްމްގެ ޓިކެޓް އަންނަ ހޮނިހިރު ދުވަހު 14:00 ފެށިގެން އޮލިމްޕަހުގެ ޓިކެޓް ކައުންޓަރުން ލިބެންހުންނާނެއެވެ.

ފިލްމުގައި ވަރަށް އަސަރުގަދަ އަދި އެހާމެ މާނަ ފުން އަމިއްލަ ރާގުގެ ޖުމްލަ އަށް ލަވަ ހިމެނޭއިރު، މި ލަވަތަކަކީވެސް އަދިވެސް ދިވެހިންގެ މެދުގައި މަޤުބޫލު ލަވަތަކެކެވެ.

އަސަރު ގަދަ ލޯބީގެ ވާހަކައަކަށް ހަދާފައިވާ، މިފިލްމްގެ ލީޑް ރޯލް ކުޅެފައި ވަނީ މަރިޔަމް އައްޒައާ އެކު، އަލަށް ތައާރަފުވި މުހައްމަދު ޔުނާން އެވެ. އަދި ފިލްމްގެ އިތުރު ކާސްޓުންގެ ތެރޭގައި ފާތުމަތު އާޒިފާ (އަޒޫ)، އަލީ އާޒިމް (ދޮންއައްޔަ)، އިބްރާހީމް ޖިހާދު (ޖިމީ) އަދި އަލީ ޝަމީލް ހިމެނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ