ލަހެއްނުވެ އަގުހެޔޮ އިންޓަނެޓްގެ ޙަބަރުން ރައްޔިތުން ހިއްތަށް ފުރާލާނަން- ސްޓޭޓް މިނިސްޓަރު

އިންޓަރނެޓްގެ އަގާއި ޚިދުމަތުގެ ފުރިހަމަކަމުން ރައްޔިތުން ހިތްތައް ފުރާލާނެކަމުގައި މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ ގެ ސްޓޭން މިނިސްޓަރ އަލީ ޞާލިޙް ވިދާޅުވެއްޖެއެވެ.

މި ސަރުކާރުގެ ރައީސުލް ޖުމްހޫރިއްޔާގެ ދުރު ވިސްނުން ފުޅު ކަންކަން ފުރިހަމަޔަށް ނިމޭނީ ކަމެއްގަ ވަށައިގެންވާ ހުރިހާ ފަރާތެއް ވަށާޖެހޭ ގޮތަށް ވިސްނުންތެރި ކަމާއެކު އެއްހަމައަކުން ބަލާ މިންކޮށް ކަންކަން ނިންމައިގެން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި ވަގުތުގެ އަޖަލުގަ ޖެހި އަވަސް އަރައިގެން ނިންމާކަމަކަށްވުރެ ވަގުތާއި ހާލަތާއި ކަމުގެ ބާވަތުން ހޯދާ ބަލާ މިން ކުރަންޖެހޭ ކަންކަން ނުކޮށް އަވަސްއަރުވައިފި ކޮންމެކަމެއް ވާނީ ފަސޭހައަކަށްވުރެ ތުރާލަކަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިންޓަނެޓްގެ އަގު ހެޔޮކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ މުހިއްމު ވަޢުދެކެވެ. އިންޓަނެޓްގެ އަގުތައް ހެޔޮކުރުމަށް ސަރުކާރުން މަސައްކަތް ފަށައިފައި ވާކަމަށް މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހު ޖަމާލު ވެސް ވަނީ ވިދާޅުވެފައެވެ.

އަދި މިކަމާއި ގުޅޭ ރަސްމީ މަޝްވަރާތަށް ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއިއެކު މިއަހަރުގެ ކުރީކޮޅު ސަރުކާރުން ފަށާއިވާއިރު، ރަސްމީ މަޝްވަރާތަކުގެ ކުރީގައިވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށް މަލީޙް ވިދާޅުވެފައިވެއެވެ.

ރާއްޖޭގައި ދެމުންއަންނަ އިންޓަރނެޓްގެ އަގު ބޮޑުވެ ގިނަބައެއްގެ ކަންބޮޑުވުމާއި ނުރުހުން ވަނީ އެފަރާތްތަކަށް އަމާޒުވެފައެވެ. އަދި ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ އިންޓަރނެޓްގެ އަގުތަކާއި މެދު ވަރަށް ބޮޑަށް ފާޑުވިދާޅުވެ ހިތްހަމަ ނުޖެހުން ފާޅުކުރަމުންނެވެ. ރާއްޖޭގައި އިންޓަރނެޓްގެ ޚިދުމަތް ދެމުން އަންނަނީ ދިރާގާއި އުރީދޫގެ އަދި ރާއްޖެ އޮންލައިން (އާރުއޯއެލް) އިންނެވެ. މި ތިން ފަރާތުންވެސް އިންޓަނެޓްގެ ހިދުމަތް ދެމުން އަންނަނީ ދާދި އެއް އަގުތަކެއްގަ އެވެ.

ސަރަހައްދީ ގައުމުތަކަށް ބަލާއިރު ރާއްޖެއަކީ ނިސްބަތުން މުވާސަލާތީ ޚިދުމަތްތަކުގެ އަގު ބޮޑު ގައުމެއް ކަން ފާހަގަ ކޮށްލެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ