އައްޒައާއި ރިޝްމީ ރުޅި އެއްނޫން!

މަޝްހޫރު ފިލްމީ ޢާއިލާއަކަށް ނިސްބަތްވާ އާއިޝަތު ރިޝްމީ އަދި މަރިޔަމް އައްޒަ އަކީ މިވަގުތު ދިވެހި ރާއްޖޭގެ ފިލްމީ އިންޑަސްޓްރީގައި ހުރިއެންމެ މަޤުބޫލު ދެ ތަރިންނޭ ބުނުމަކުން ދޮގަކަށް ނުވާނެވެ. މި ދެބެންގެ ދެމެދުގައި އުފެދިފައިވާ ވަރުގަދަ ދެބެންގެ ގުޅުމަކީވެސް ފިލްމީ އިންޑަސްޓްރީގައި ނަމޫނާ ދައްކާފައިވާ ގުޅުމެކެވެ.

ނަމަވެސް މިފަހަކަށް އައިސް މިދެ ތަރިންގެ ތެރޭގައި މައްސަލަތަކެއް ޖެހި ދެމީހުންގެ ގުޅުން މިހާރު ރަނގަޅު ނޫންކަމަށް ބުނެ އާއްމުފަރާތްތަކާއި މީޑިއާތަކުގައި ދިޔައީ ޙަބަރު ފަތުރަމުންނެވެ. ސަބަބަކީ ފަހަކަށް އައިސް ރިޝްމީ އާއި އައްޒަ އެކުގައި ފިލްމީ މަސައްކަތްތަކުން ފެނުން މަދުވުމާއި ރެޑްކާޕެޓް ތަކުން އެކުގައި ފެނުން މަދުވުމާއި އަދި ދެމީހުންގެ ސޯޝަލް މީޑިއާގެ އެކައުންޓްތަކުގައި އެކުގައި މަދުވުމުންނެވެ. ކޮންމެއަކަސް މިއީ މީޑިއާތަކުންނާއި ފޭނުން ރިޝްމީ އާއި އައްޒައޭ ކިޔައިގެން ދައްކާފައިވާ ވާހަކަތަކެވެ. އެހެންކަމުން ރިޝްމީ މިވަނީ މި ކުއްހީއާ ވަރުގަދަ ރައްދެއްދީފައެވެ.

އައްޒަ، ރިޝްމީ އަދި މި ދެބެންގެ މަންމަ އާމިނަތު ރަޝީދާއާ(އައިންތަ)އެކު އެކީ ނަގާފައިވާ ފޮޓޯއެއް ރިޝްމީގެ އިންސްޓަގަރަމް އެކައުންޓްގައި ހިއްސާކުރަމުން ރިޝްމީ މިވަނީ ފޭނުންނަށް އެ ދެމީހުންގެ ގުޅުން ރަނގަޅު ކަމަށް ބުނެ ކުއްހީތަކަށް ޖަވާބު ދީފައެވެ. މީސްމީޑިއާގައި ރިޝްމީ އާއި އައްޒަގެ ގުޅުން ރަނގަޅެއް ނޫނޭ ބުނެ ގުޅުވައިގެން ދައްކާ ވާހަކަތަކުގެ ތެރެއިން ދެމީހުންގެ ފޮޓޯ އެއް މިފަހަކަށް އައިސް ނުފެންނަކަމަށް ބުނާ ފަރާތްތަކަށް ރިޝްމީ ބުނެފައިވަނީ، މިއޮތީ ދެމީހުން އެކުގައި ނަގާފައިވާ ފޮޓޯއެއްކަމަށެވެ.

ދެމީހުން އެކުގައި ދިމާވެ ގުޅުން ބަދަހި ނުކުރާކަމަށް ބުނާ ފަރާތްތަކަށް ރައްދު ދެމުން ރިޝްމީ ބުނެފައިވަނީ، ރިޝްމީ އާއި އައްޒަ އާއިލާއާއެކު ބައްދަލުކޮށް ގުޅުން ބަދަހިކުރާކަމަށެވެ. ނަމަވެސް އާއިލާއާއެކު ބައްދަލުވާ ވަގުތުތަކުގައި މީސްމީޑިއާގައި ފޮޓޯ ހިއްސާނުކުރަނީކަމުގައެވެ. އަދި މިގޮތަށް ބައްދަލުވާ ކޮންމެ ފަހަރެއްގައި ފޮޓޯ ނަގާއި މީސްމީޑިއާގައި ފޮޓޯ ހިއްސާކުރުން އެއީ ކޮންމެހެން މުހިއްމު ކަމެއްތޯ އަހާ ފޭނުންނާއި ސުވާލުވެސް ކޮށްފައިވެއެވެ.

ރިޝްމީ އާއި އައްޒަގެ ގުޅުން ރަނގަޅެއް ނޫނޭ ބުނެ ގުޅުވައިގެން ދައްކާ ވާހަކަތަކުގެ ތެރެއިން، ރިޝްމީ އާއި ރަވީގެ ކައިވެންޏަށް ފަހު މި ދެބެން އެކުގައި ފެންނަލެއް އެއްގޮތަކަށް ވެސް ނުފެންނަކަމަށްވެސް ހަބަރުތައް ފަތުރާފައިވެއެވެ. ނަމަވެސ ރިޝްމީ ބުނަނީ ކޮންމެ މީހަކު ކޮންމެ އެއްޗެކޭ ކީކަމުގައިވިޔަސް އައްޒަ ވާނީ އަބަދުވެސް އޭނަގެ "ޕިޔާރީ ބެހެނާ"އަށް ކަމަށެވެ. އަދި އައްޒަ ދެކެ އަބަދުވެސް ލޯބިވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

6 Responses

  1. އިމާދު

    އައްޒަ ކަމަކު ނުދޭ އެކްޓް ކުރާކަށް. އެހާ އެކްޓިން ސަޅިއެއް ނޫން. އަދި ފާހަގަކުރެވޭ އެހެންކަމެއް އަބަދު ކޮންމެވެސް ޗާމީ އަކާ ބާމީ އަކާ އުނގަށް އަރުވައިގެން އުޅޭތަން، މާ ބޮޑަށް ފިރިހެނުންނާ ގައިގޯޅިވެގެން އިންސްޓަގްރާމް ސްޓޯރީވެސް ފޮޓޯ ލާފަ ހުންނަނީ. އަބަދު ކޮންމެވެސ ފިރިހެނެއް އަތުއަޅުވައިގެން އުޅެނީ

  2. މީހެއް

    އަސްލު ރިޝްމީ އަކީ ވަރަށް ހަންބްލް ކުއްޖެއް. ވަރަށް ސިމްޕަލް ގާލްއެއް ހަމަ. ރިޝްމީ އިންސްޓާ ގަވެސް އައްޒަ ވަރަށް ޑީފެންޑްކުރޭ . ރިޝްމީ ދެކެ އައްޒަ ރުޅި އައިސްގެން އުޅޭހެން ހީވަނީ. ވަރަށް ދެއްކުންތެރި ގޮތެއް ހުރޭ އައްޒަގެ އަސްލުގަ.. އެކަމަކު ރިޝްމީ މަގުމަތިން ފެނުނަސް ހީލައިފިއްޔާ ސްމައިލް ބެކް ކޮށްލާ

  3. ލުތުފީ

    ކޮންމެސް މައްސަލައެއް ޖެހިގެން ހަމަ ތިއުޅެނީ ނުބުނަން އުޅުނަސް. ރިޝްމީ ގެ ބަދަލުވުމާ، އިންސްޓާގަ އަބަދު ޕިޔާރީ ބެހެނާވެފަ އުޅޭ ދެމީހުން ކުއްލިއަކަށް ފޮޓޯލުން ހުއްޓާލުން، އައްޒަ ބާތުޑޭގަ ރިޝްމީގެ ސްޓޯރީއަށް ވިޝްކޮށްފަ ފޮޓޯލީމަ އައްޒަނެތް ރީޕޯސްޓް ކޮށްފަ އެކަމު ދުނިޔޭގަ ލެއްވިހާ ބަޔެއްގެ ވިޝްހުރި ރީޕޯސްޓްކޮށްފަ

  4. ހިނި

    ހާދަ ވަރުގަދަ ރައްދެކޭ..އަދި އެވެސް އިންސްޓަގްރާމް މެދުވެރިކޮށް..ލޮލް ލޮލް ??

  5. Uyy

    Azza ge aslu sifa adhi mi fennany mathin maa maaiy vegen ulheyn mihar foohivehje thimeehaku dheke

  6. ހައި

    ރިޝްމީ ތި ފޮޓޯ ލިޔަސް އައްޒަ ގުޅުން ބާއްވަން ބޭނުން ނުވެދާނެ ދޯ. ހަތަރުދަމު ސޯޝަލް މީޑީއާގައި އުޅޭ މީހެއް އައްޒައަކީ އެކަމަކު ތިޕޯސްޓެއް ކުރިތާ 2 ދުވަސް ވީ އިރުވެސް އައްޒަ ނެތް ތި ޕޯސްޓަށް ކުޑަމިނުން ލައިކެއް ކޮމެންޓެއްވެސް ކޮށްފަ، މީ އަދި ރިޝްމީ އައްޒަ ޓެގްކޮށްފަ ފޮޓޯ ލީމަވެސް ވީވަރު. ތި ޕޯސްޓު ރިޝްމީ ކުރިފަހުންވެސް އައްޒަ އިންސްޓާގައި ސްޓޯރީވެސް އަޕްލޯޑްކޮށްފަ އެބަހުރި އެހެންވީމަ މިފަހަރު ނުފެނެޔޭ ކިޔާފަ ދޮގެއް ނުހެދޭނެ. އަސްލު އައްޒަގެ ދެއްކުންތެރިކަން ވަރަށް ބޮޑު. އަބަދު ޑޭޑީސް ލިޓްލް ގާލް ހެދިގެން 3 ހަތަރު ކާރު ގެންގުޅޭ މީނަ އެކަނި އުޅޭ އިރުވެސް. ބަޓް ރިޝްމީ އިޒް ވެރީ ޑައުން ޓު އާރތް ހަމަ. ރިޝްމީ އަކީ އައްޒަ ބައްޕަގެ ދޮން ދަރިއަކަށް ވާއިރު އަބަދުދެން އައްޒަ ޑެޑީ ވެގަނެގެން ނޫޅޫނަސް ވެދާނެ ދޯ

    39
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ