އަހަމަދު މައިމޫން މުހައްމަދު ފޮޓޯ: މީސްމީޑިއާ

މައިމޫނުގެ ލައިސަންސް ހިފެހެއްޓި ފުލުހުންނަށް އިންޒާރުދީ ބިރުދައްކައިފި

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމެންޓްގެ އެގްޒެކެޓިވް ޑިރެކްޓަރ އަހުމަދު މައިމޫން މުޙައްމަދުގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ހިފެހެއްޓުމުން ފުލުހުންނަށް އިންޒާރުދީ ބިރުދައްކައިފިއެވެ.

ފުލުހުން ވިދާޅުވީ، ސައިކަލް ދުއްވަމުން މުވާސަލާތީ ވަސީލަތެއް ބޭނުންކުރި މައްސަލައެއްގައި، 23 ޖޫން 2019 ވަނަ ދުވަހު، 23 އަހަރުގެ ދިވެހި ފިރިހެނެއްގެ ލައިސަންސް ހިފަހައްޓާފައިވާ ކަމަށެވެ. އެއީ ކާކުކަން ފުލުހުން ވިދާޅުނުވި ނަމަވެސް، މިނޫހަށް ކަށަވަރު ކުރެވިފައިވާ ގޮތުގައި އެއީ ހައުސިންގެ އެގްޒެކެޓިވް ޑިރެކްޓަރ އަހުމަދު މައިމޫން މުޙައްމަދެވެ.

ފުލުހުން ވިދާޅުވީ، ލައިސަންސް ހިފެހެއްޓި މައްސަލައިގައި، ލައިސަންސް ހިފެހެއްޓި ފުލުހުންނަށް "އިންޒާރުދީ ބިރުދައްކަން މަސައްކަތްކުރި" މައްސަލަ ފުލުހުން ތަޙްޤީޤު ކުރަމުންދާ ކަމަށެވެ.

މިކަމާ ގުޅިގެން މައިމޫން ވިދާޅުވީ، ފުލުހަކަށް އިންޒާރު ނުދެއްވާ ކަމަށާއި، ލައިސަންސް ކާޑު ހިފެހެއްޓީ ފުލުސް މީހާ ވާހަކަ ދެއްކި ހަރުކަށި ގޮތް ކަމުނުގޮސްގެން ބުނި އެއްޗަކުން ކަމަށެވެ. އަދި މި މައްސަލަ އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅަން މަސައްކަތްކުރައްވާ ކަމަށްވެސް މައިމޫން ވިދާޅުވިއެވެ.

މިނިސްޓްރީ އޮފް ހައުސިންގް އެންޑް އާބަން ޑެވެލޮޕްމެންޓްގެ އެގްޒެކެޓް ޑިރެކްޓަރުގެ މަގާމަށް ގއ. ކޮލަމާފުށީ، މީޒާން، އަޙްމަދު މައިމޫން މުހައްމަދު އައްޔަން ކުރައްވާފައިވަނީ މިއަހަރުގެ މާރޗް މަހުގެ 25 ވަނަ ދުވަހުއެވެ. އެމްޑީޕީގެ ޔޫތުވިންގްގެ މެމްބަރު މައިމޫނަކީ 2016 ވަނަ އަހަރުން ފެށިގެން އެމްޑީޕީގެ ހަރަކާތްތަކުގައި ބައިވެރިވަމުން އަންނަ އެޕާޓީގެ އެކްޓިވިސްޓެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

9 Responses

  1. Ibu

    Fuluhun aamunnaa muaamalaathu kuraa goih ragalheh noon. Ekan aharennah ves dhimaavi. Phone ring v ma neygeythee ehkanfathah heduset kohpaafa
    aharen thaneh govvaalan ineee.
    Fuluhunn ai Gothun heevee
    Aharen meehaku maraalaafa filan dhaahen.
    Kiriyaa birun halaakunuvee.

  2. Latheef

    Thi mahsala hiehnuvey beleyneheneh insaafverigothakah

  3. ޖޫސް

    ތީ ވަރަށް ގޮތެއް ނުހުންނަ މާ ގައްޑާވެގެން އުޅޭ މީހެއް އަންހެންކުދިންނާއި ގެޅޭ ސޮޑެއް

  4. Meeha olhifa

    Kurin meena akee meena rahtehi vegen ulhun manje Cafe ehga indhaa vadhe Thalha aniyaa kohffa vaa meeheh. Mee ehgothakah ves MAGAAMUGE kufoo hama vaa meeheh noon.

  5. Naakko

    mihaar faadehge ministor kameh dhin fahun cyk akaa ehcihi nagaigen ulheneevs kurin mi sorakee hingaafa ulhey soreh mihaar laari ginavee

  6. ނަނީ

    މީނަ ވީޔަ ވިޔަސް އެއާޕޮޓް ޖަހައިގެން ނިދެވޭނެ

  7. ކުޑަކުއްޖާ

    ކިރުބޯ ކުއްޖެއް ވީމަ ވާނީ ތިހެން

  8. މިހާރު

    ތިޔައީ އެއްވެސް އަޚްލާގެއް ހުންނަ މީހެއް ނޫން އަމިއްލަ މީހާފެނިފަ ހުންނަނީ

  9. މާފެލޭ

    ތިއައީ ވ އަހުލާގު ދަށް މީހެއް!

    10
    1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ