ޗައިނާގެ އެހީއާއިއެކު ޕޮރިން މިނިސްޓްރީ މަރާމާތު ކުރަން ފަށައިފި

ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އިމާރާތް ކޮށްފައިވާ، ރާއްޖޭގެ ފޮރިން މިނިސްޓްރީ އިމާރާތް މަރާމާތު ކުރުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

މި ޕްރޮޖެކްޓަކީ ޗައިނާގެ އެހީގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓެކެވެ. މި މަސައްކަތް ކުރުމަށް ޗައިނާއާއިއެކު ރާއްޖެއިން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ.

މި އޮފީސް އިމާރާތް މަރާމާތު ކުރުމުގެ ޕްރޮޖެކްޓްގެ މަސައްކަތް ފައްޓަވައި ދެއްވާފައިވަނީ މިއަދު ބޭއްވި ރަސްމިއްޔާތުގައި ފޮރިންގ މިނިސްޓަރ އަބްދުﷲ ޝާހިދާއި، ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޒަންގް ލިޒޮންގް އެވެ.

މި ޕްރޮޖެކްޓްގެ ދަށުން އެ މިނިސްޓްރިއަށް މިހާރު ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް އެކަށީގެންވާ ޙައްލެއް ލިބިގެން ދާނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ