ދެ އަންބަށް ކައިވެނިކުރާއިރު ދޮށީ އަނބިމީހާ އާއި ދަރިންނަށް ޚަރަދު ކުރޭތޯ ބެލުމަށް އަނބިމީހާގެ ބަޔާނެއް ނަގަންޖެހޭ ގޮތަށް ސުޕްރީމް ކޯޓުން މިއަދު ހަމަޖައްސައިފި އެވެ.
އެއްއަންބަށްވުރެ ގިނައިން ކައިވެރި ކުރާއިރު، ކުރީގެ އަނބިމީހާގެ ހުއްދަ ނުހޯދާވެސް މީގެ ކުރިން ވަނީ ކައިވެނި ކޮށްދީފައެވެ.
ނަމަވެސް މި ނިންމުމާއިއެކު ދެން އެގޮތަށް ކައިވެރި ކުރެވޭނީ ކުރީގެ އަނބިމީގެ ބަޔާނެއް ނެގުމަށް ފަހުއެވެ.
މި ގޮތަށް ހަމަޖައްސައިފައި ވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ސޮއި ކުރައްވައި މިއަދު ސުޕްރީމް ކޯޓުން ނެރުނު ސާކިއުލާއަކުންނެވެ. އެ ސަރކިއުލާގައި ވާގޮތުން އެފަދަ ކައިވެނިތައް މީގެފަހުން ކޮށްދިނުމުގެ ކުރިން ދޮށީ އަނބިމީހާ އާއި ދަރިންނަށް އެ މީހަކު ޚަރަދު ކުރޭތޯ ބެލުމަށްޓަކައި އަނބިމީހާގެ ބަޔާނެއް ކޯޓުތަކުން ނަގަންޖެހޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.
މީގެ އިތުރުން އެކަކަށް ވުރެ ގިނަ މީހުންނާ ކައިވެނިކޮށް ދިނުމުގެ ކުރިން، އިނދެގެން އުޅޭ އަނބިމީހާ އާއި ދަރިންނަށް ޚަރަދު ކުރޭތޯ ބެލުމަކީ ކޯޓުތަކުން ކުރިން އަމަލުކުރި އުސޫލެއް ކަމަށް ވިޔަސް، ފަހަކަށް އައިސް ބައެއް ކޯޓުތަކުން އަނބިމީހާގެ ބަޔާން ނުނަގައި، ދެ އަންބަށް ކައިވެނިކޮށްދޭ ކަން ފާހަގަކުރެވޭ ކަމަށްވެސް ސަރކިއުލާރގައި ވަނީ ވިދާޅުވެފައެވެ.
ހިޔާލު
Hiyaalee hiyaalee hiyaalee