ފަތުރުވެރިކަމުގެ މާސްޓާޕްލޭން އިފްތިތާހުކޮށްފި

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ފަސްވަނަ މާސްޓާޕްލޭން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙް މިރޭ އިފްތިތާހުކޮށްދެއްވައިފިއެވެ.

2020 އިން 2025 އަށް ރާއްޖޭގެ ފަތުރުވެރިކަން ކުރިއަށްގެންދާނެ ގޮތުގެ މާސްޓާޕްލޭން ރައީސް އޮފްތިތާޙް ކޮށްދެއްވީ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި މިރޭ ދަރުބާރުގޭގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައެވެ.

ޓޫރިޒަމްގެ މާސްޓާ ޕްލޭންގެ ތެރެއިން ހާސިލް ކުރުމަށް ކަނޑައަޅާފައިިވާ ކަންތައްތަކުގެ ތެރޭގައި، ފަތުރުވެރިކަން ފުޅާކޮށް ކުރިއެރުވުވޭނެ ގޮތްތައް ދެނެގަތުމާއި، އެދާއިރާ ކުރިއެރުވުމުގައި އަންހެނުންގެ ދައުރު އިތުރުކުރުމާއި، ފަތުރުުވެރިކަމާ ގުޅުންހުރި ގާނޫނުތަކާއި ގަވައިދުތައް ހަރުދަނާ ކުރުން އަދި ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ކުރަންޖެހޭ ކަންކަން ދެނެގަތުން ހިމެނެއެވެ.

މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހިންނަށް ފުރުސަތުތައް އިތުރުކޮށް ބޭނުންވާ ތަމްރީނުތައް ދެނެގަތުމާއި، ފަތުރުވެރިކަން ކުރިއެރުވުމުގައި ރާއްޖޭގެ ސަގާފީ އަދި އާސާރީ ކަންތައް ފަތުރުވެރިކަމުގެ ތެރެއިން ދިރުވާ އާލާކުރުމަށް ކުރެވެން ހުރި ކަންތައް ދެނެގަތުމުގެ އިތުރުން ފަތުރުވެރިކަމުން ލިބޭ ފައިސާ ރާއްޖޭގެ އިގްތިސޯދުގައި ހިފެހެއްޓޭނެ ގޮތްތައް ހޯދާ ދިރާސާކޮށް އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަތުން އަދި ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ކުރަންޖެހޭ ކަންތައް ދެނެގަތުންވެސް މި ޕްލޭނުން ހާސިލްކުރަން ބޭނުންވާ ކަންކަމުގެ ތެރޭގައި ހިމެނެއެވެ.

މާސްޓާޕްލޭން އެކުލަވާލުމުގެ މަސައްކަތް އިފުތިތާހު ކޮށްދެއްވާ ވާހަކަ ފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ރައްޔިތުން ގެނައި ހެޔޮ ބަދަލުގެ ނަތީޖާ ފެންނަން ފަށައިފިކަން އިހުސާސް ކުރެވެމުން އަންނަ ކަމަށާއި، ބައިނަލް އަގުވާމީ ދުނިޔޭގައި ރާއްޖޭގެ މަގުބޫލުކަން އިތުރުވެ، އިންވެސްޓަރުންގެ އިތުބާރު ލިބެން ފަށާފައިވާ ކަމަށެވެ. އަދި ރައްޖެ އަންނަ ފަތުރުވެރިންގެ އަދަދުވެސް އިތުރުވެފައިވާ ކަމަށް ވިދާޅުވި އެވެ.

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ފަސްވަނަ މާސްޓަރ ޕްލޭން އިފްތިތާޙް ކޮށްދެއްވިއިރު، މީހުން ދިރިއުޅޭ 11 ރަށަކުން ރަށު ފަތުރުވެރިކަމަށް ބިން ދޫކުރަންވެސް ސަރުކާރުން މިއަދު ވަނީ ނިންމާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ