ވައްޓާލެވިދާނެ، ނަމަވެސް އަނބުރާ އަންނާނަން - ރައީސް ނަޝީދު

ސަރުކާރު ވައްޓާލެވިދާނެ ކަމަށާއި، ނަމަވެސް އެނބުރި އަންނާނެކަމަށް އަދި އައިސް ރައްޔިތުންގެ ހަޤުގައި ކުރަމުންދާ މަސައްކަތް ކުރައްވާނެކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، ޓުއަރިޒަމް މިނިސްޓްރީ އިން އިންތިޒާމުކޮށްގެން މިރޭ ދަރުބާރުގޭގައި ކުރިއަށް ދިޔަ "ޖަޒީރާ ރާއްޖެ - މަގޭ ރާއްޖެ" ހަފްލާގައި ވާހަކަ ދައްކަވަމުންނެވެ.

ނަޝީދު ވިދާޅުވީ ސަރުކާރު ހިންގުމަކީ ގުދުރަތުން ދެއްވާފައިވާ ނިއުމަތް ހާނައިގެން، އޭގެން ދިރިއުޅުމުގެ ތަނަވަސްކަން ހޯދުން ކަމަށެވެ.

"އަޅުގަނޑުމެން ވައްޓާލެވިދާނެ. އެހެން ނަމަވެސް އަޅުގަނޑުމެން އެނބުރި އަންނާނަން. އެނބުރި އައިސް ހަމަ މި ވާހަކަ އަނެއްކާ އަޅުގަނޑުމެން ދައްކާނަން. ތަކުރާރުކޮށް ދައްކަން އޮތީ ވެސް ހަމަ އެއް ވާހަކައެއް. ޖީބަށް ވަންނަ އެއްޗެއް އިތުރުވާން ޖެހޭ ވާހަކަ،" ނަޝީދު ވިދާޅުވިއެވެ.

މިހާރު ތިބި ލީޑަރުން ނެތިގެން ދިޔަސް، އެމީހުންގެ ދަރިން ވެސް ކުރާނީ ހަމަ އެއް މަސައްކަތެއް ކަމަށާއި، ރައްޔިތުން އުންމީދު ކުރާ ދިވެހިރާއްޖެ މި ސަރުކާރުން ހޯދައިދޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އިތުރަށް ރައީސް ނަޝީދު ވިދާޅުވީ، 2012 ވަނަ އަހަރު ވެރިކަން ވައްޓާލުމުން އަލުން ވެރިކަން ހޯދައި، އެޖެންޑާ 19 އެކުލަވާލީ، ރައްޔިތުންގެ ގޮންޖެހުންތަކަށް ހައްލު ހޯދައިދީ، ވަޒީފާގެ ފުރުސަތުތައް އިތުރުކޮށްދީ، ރައްޔިތު މީހާގެ ޖީބަށް ވަންނަ އާމްދަނީ އިތުރުކޮށްދިނުމަށް ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ