ޑިބާލާއަށް ހުށަހެޅުންތައް ލިބިފައި އެބަހުރި - ނެޑްވެޑް

ޔުވެންޓަސްއަށް ކުޅެމުން އަންނަ އާޖެންޓީނާ ޕައުލޯ ޑިބާލާއަށް ހުށަހެޅުންތަކެއް ލިބިފައި އެބަހުރިކަމަށް އެކްލަބުގެ ނާއިބު ރައީސް ޕަވެލް ނެޑްވެޑް ބުނެފިއެވެ.

ޔުވެންޓަސްގެ ކޯޗުކަމާއި އެންމެފަހުން ހަވާލުވި ސާރީގެ ޕްލޭންގައި ޑިބާލާ ނުހިމެނޭއިރު، އޭނާ ބޭނުންވަނީ ޑިބާލާ ވިއްކާލަންކަމަށްވެސް ގިނަ ރިޕޯޓްތައް ބުނެއެވެ.

ޑިބާލާއަށް ޝައުޤުވެރިކަށް ފާޅުކޮށްފައިވާ ކްލަބުތަކުގެ ތެރޭގައި މެންޗެސްޓާ ޔުނައިޓެޑް، ޓޮޓޭންހާމް، އިންޓަމިލާން އަދި ޕީއެސްޖީ ހިމެނެއެވެ.

ނިމުނު ސީޒަންގައި ޔުވެންޓަސްގައި އެކަށީގެންވާ ކުޅުމެއް ޑިބާލާއަށް ދެއްކިފައިނުވާއިރު، ސީރީއާގައި ކާމިޔާބުކޮށްދެވިފައިވަނީ އެންމެ ފަސް ލަނޑެވެ. ޑިބާލާގެ ހުށަހެޅުންތަކަށް ތައްޔާރަށް އޮތް ޔުވެންޓަސް އޭނާގެ މުސްތަޤުބަލާއިމެދު ގޮތެއް ނިންމާނީ، ކޮޕާ އެމެރިކާއަށްފަހު ޗުއްޓީގައިހުރި ޑިބާލާ ޗުއްޓީ ނިންމައި އެނބުރި އައުމުންނެވެ.

"ޑިބާލާއަށް ހުށަހެޅުންތަކެއް އެބަހުރި. ޝައުޤުވެރިވާ ކްލަބްތައްވެސް އެބަހުރި. އެހެންނަމަވެސް ކްލަބުގެ ނިންމުން ނިންމަން ބޭނުންވަނީ އަވަސްއަރުވާނުލައި ވަރަށް ހަމަޖެހިލައިގެން" ނެޑްވެޑް ބުންޏެވެ.

މީގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑްގެ ލުކާކޫއާއި ޑިބާލާ ބަދަލުކޮށްލަން އުޅޭ ކަމުގެ ޚަބަރުތަކެއް މިދިޔަ ހޯމަދުވަހުވަނީ ފެތުރިގެން ގޮސްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ