ފަންޑު ފޮށި ހިފައިގެން ފައިސާ ހޯދަން ރަސްފަންނު ސަރަހައްދުގައި އުޅުނު ޒުވާނަކު އިއްޔެ ހައްޔަރު ކޮށްފިއެވެ.
އޭނާ ހައްޔަރު ކުރީ ފަންޑު ފޮއްޓެއް ހިފައިގެން މީހުން އަތުން ފައިސާ ހޯދަމުންދާ މަންޒަރު އެސަރަހައްދުގައި ތިބި ފުލުހުންނަށް ފެނިގެން އޭނާ އާއި ވާހަކަދައްކަން މަސައްކަތް ކުރުމުން ފިލަން ދުއްވައި ގަތުމުންނެވެ.
އެޒުވާނާ އެވަގުތު ހުރީ މަސްތުގެ ހާލަތުގައި ކަމަށް މަންޒަރު ދުށް ފަރާތްތަކުން ތުހުމަތު ކުރެއެވެ.
މިނޫހަށް އެނގިފައިވާ ގޮތުގައި އިއްޔެ ފުލުހުން ހައްޔަރުކޮށްފައިވަނީ، ސ.ފޭދޫ، އުޖާލާ، މުޞްޠަފާ އަޙްމަދު (28އ) އެވެ. ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަނުން ތަޙްޤީޤް ކުރަމުންދާ މައްސަލައަކާ ގުޅިގެން އޭނާ ހޯދުމަށް މިމަހުގެ 8 ވަނަ ދުވަހު ފުލުހުން ވަނީ ފޮޓޯވެސް އާއްމުކޮށްފައެވެ.
ނަމަވެސް، މި މައްސަލައިގައި ފުލުހުންނާ ސުވާލުކުރުމުން ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ.





ހިޔާލު
އައްޑޫ ގޫ***ޑާއެއް ދީ؟ މާލޭގަ މި ހުރިހާ ޖަރީމާއެއް ހިންގަނީ ރާއްޖެތެރޭ އާ**ން! ކުޑަސިޓީ އަލުން ތައާރަފްކުރަންވީ! އޭރުން މާލެތެރެ އަމާންވެފަ މީހަކަށް ނޭވާލެވޭނީ!