ޔޫއެފާ ވޮމެންސް ޗެމްޕިއަންސް ލީގު 2018-19ގެ ކުއާޓަރ ފައިނަލްއާ ހިސާބުން މުޅިން އާ ބޯޅައެއް އެޑިޑަސްއިން ނެރުމަށް ހަމަޖެހިފައިވާއިރު މި ބޯޅައިގެ ފޮޓޯތައް މިހާރު މީޑިއާގައި ދައުރުވާން ފަށައިފިއެވެ. މިމުބާރާތުގެ ކުއާޓަރ ފައިނަލް ފެށުމަށް ހަމަޖެހިފައިވަނީ 03 މާރޗް 2019 ގައެވެ. އަދި ފައިނަލް 18 މެއި 2019ގައި ކުޅުމަށް ހަމަޖެހިފައިވަނީ ހަންގޭރީގެ ބުޑަޕެސްޓްގައެވެ
ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އުފައްދާފައިވާ މިބޯޅައިގައި ހުދު އަދި އަލި އަޅި ކުލައިން ޗެމްޕިއަންސް ލީގު ރަމްޒުކޮށްދޭ ތަރިތައް ހިމަނާފައިވާއިރު ދަނބު އަދި ފިޔާތޮށި ކުލައިގެ ތަފާތު ހިތްގައިމު ގްރެފިކް ޑިޒައިންތަކެއް ބޯޅައިފެ ވަށައިގެންވެއެވެ. މީގެ އިތުރުން ބޯޅައިގައި އޮފިޝިއަލް ޔޫއެފާ ވޮމެންސް ޗެމްޕިއަންސް ލީގު ލޯގޯ، އެޑިޑަސް ލޯގޯ އަދި މުބާރާތުގެ ތަށިވެސް ހިމަނާފައިވެއެވެ.
ޓެކްވައިސްކޮސް ބަލާއިރު މިބޯޅައަކީ ފިރިހެން ވާޝަންއާ ހަމައެއްހަމައަކަށް ތައްޔާރުކޮށްފައިވާ ބޯޅައެކެވެ. އަވަސް މުސްތަޤުބަލެއްގައި މިބޯޅަ މާކެޓުން ގަންނަން ލިބޭނެކެމަށް ރިޕޯރޓްތައް ބުނާއިރު ބޯޅައެއްގެ އަގަކީ 150 ޔޫރޯ ކަމަށް ރިޕޯރޓްތަކުގައިވެއެވެ.




