މޯލްޑިވިއަން އިން އޭ 330ގެ ދެ މަތިންދާބޯޓު ގެންނަނީ

ޤައުމީ އެއަރލައިން، މޯލްޑިވިއަންއަށް އެއަރބަސް އޭ 330 މަރުކާގެ ދެ މަތިންދާބޯޓު ގެނައުމަށް މަސައްކަތްކުރަމުންދާ އެ އެއަރލައިނުން ހާމަކޮށްފިއެވެ. 

މޯލްޑިވިއަނުން ބުނީ އެއަރބަސް އޭ 330 މަރުކާގެ ދެ މަތިންދާބޯޓު ގެނައުމުގެ މަސައްކަތް ފަށާފައިވާއިރު، ކުރިއަށްއޮތް 6 މަސްދުވަހުގެ ތެރޭގައި މަތިންދާބޯޓުތައް ގެނެވޭނެކަމަށް އުއްމީދުކުރާކަމަށެވެ. 

މޯލްޑިވިއަނުން ބުނީ އަލަށް ގެންނަ ވައިޑް ބޮޑީ މަތިންދާބޯޓުތަކާއެކު ބައިނަލްއަޤްވާމީ އިތުރު މަންޒިލްތަކަށް ދަތުރުތައް ފަށާނެކަމަށެވެ. 

މޯލްޑިވިއަންއިން މިހާރު އަންނަނީ ރާއްޖެއާއި ބޭރުގެ މަންޒިލްތައް ހިމެނޭގޮތަށް 20 މަންޒިލަކަށް ދަތުރުކުރަމުންނެވެ. އަދި ދަތުރުތައް ކުރުމަށް 23 އެއަރކްރާފްޓެއް އޮޕަރޭޓްކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ