ފުލުހުންގެ ތަހްގީގަށް ކާށިދޫއާއި ރަތަފަންދޫ މީހަކު ހޯދަނީ

ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަމުންދާ ދެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށއިފިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހާމަކޮށްފައިވާ ގޮތުގައި މި މައްސަލަތަކުގައި ހޯދަމުންދަނީ ކ. ކާށިދޫ، އަލުންތިލަ، ޢަލީ ޙުސައިން (30އ) އާއި ގދ. ރަތަފަންދޫ، މާފޮޅޭގެ، މުފީޛާ މަޖީދު (31އ) އެވެ.

މި މީހުންނާއިޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ޑިއުޓީ ނަމްބަރު 9631696 އަށް ގުޅުއްވައި ޙިއްސާކުރެއްވުން އެދެމެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ