ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަމުންދާ މައްސަލައަކާ ގުޅިގެން އައްޑޫ ޒުވާނަކު ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ސ. ފޭދޫ، އުޖާލާގެ / މުޙައްމަދު ޢިމާދު އަޙްމަދު (24އ) ކަމަށެވެ.
"މުޙައްމަދު ޢިމާދު އަޙްމަދަކީ 2019 މެއި 18 ވަނަ ދުވަހުވެސް ހޯދަން އިޢުލާނުކޮށް ނުފެނިފައިވާ މީހެއް." ފުލުހުން ވިދާޅުވިއެވެ.
މުޙައްމަދު ޢިމާދު އަޙްމަދާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި ޙިއްސާކުރެއްވުމަށް ފުލުހުން އެދިލައްވައެވެ.



