"ޓޮމް އެންޑް ޖެރީ"ގެ ލައިވް އެކްޝަން ފިލްމެއް!

ކުރީގެ އެނިމޭޓެޑް ކާާޓޫން ފިލްމްތަކަށް ހޮލީވުޑްގައި ލައިވް އެކްޝަން ފީޗާޑް ފިލްމްތައް ހެދުން މިހާރު މިވަނީ އާއްމުކަމަކަށްވެފައެވެ. އެގޮތުން ކުޑަކުދިންގެ އަދި ބޮޑެތި މީހުންގެ މެދުގައިވެސް އެ ކާޓޫންއަށް އޮތް މަޤޫބޫލުކަން މިހާތަނަށްވެސް ފަނޑުނުވާ "ޓޮމް އެންޑް ޖެރީ" ގެ ލައިވް އެކްޝަން ހައިބްރިޑް ފިލްމެއް ހަދަން މިވަނީ ނިއްމާފައެވެ.

ބުޅަލަކާއި މީދަލެއްގެ މަޖާ ކޯޅުންތަކެއް ދައްކުވައިދޭ މި ކާރޓޫނު ސިލްސިލާ އެންމެ ފުރަތަމަ ގެނެސްދޭން ފަށާފައިވަނީ 1940 ވަނަ އަހަރުއެވެ. "ޓޮމް އެންޑް ޖެރީ" ގެ ލައިވް އެކްޝަން ހައިބްރިޑް ފިލްމްގެ މަސައްކަތްތައް މިޙާރު ފަށާފައިޥާކަން ކާޓޫންގެ އެް ޕޮރޮޑަކްޝަން ޓީމް ކަމުގައިވާ ވާނާ ބްރަދާސް އިން ޔަޤީންކޮށްދީފައިވާއިރު، ފިލްމަށް މިޙާރު 4 ކާސްޓުންވެސް ވަނީ ހަމަޖައްސާފައެވެ.

ވާނާ ބްރަދާސް އިން މި ލައިވް އެކްޝަން ފިލްމް ގެނެސްދޭން ނިއްމާފައިވާއިރު، މި ފިލްމްގެ ކާސްޓުންގެ ތެރޭގައި ހިމެނެނީ، "ކެން ޖޮންގް"، "ރޮބް ޑިލެނޭ"، "ޖޯރޑަން ބްލޮގަރ"، "ކްލޯއީ ގްރޭސް"، "ޕަލަވި ޝަރްދާ"، "ކޮލިން ޖޯސްޓް"، އަދި "މައިކަލް ޕެނާ" އެވެ.

ވާނާ ބްރަދާސް އިން ގެނެސްދޭ "ޓޮމް އެންޑް ޖެރީ" ގެ ލައިވް އެކްޝަން ހައިބްރިޑް ފިލްމް ޑައިރެކްޓްކުރާނީ، ރައިޑް އެލޯން އަދި ތިންކް ލައިކް އަ މޭން ފަދަ ފިލްމްތައް ޑައިރެކްޓް ކޮށްދީފައިވާ "ޓިމް ސްޓޯރީ" އެވެ.

"ޓޮމް އެންޑް ޖެރީ" ގެ ކާޓުން ފިލްމެއްވެސް ނުގެނެސްދޭތާ މިހާ ގިނަދުވަސްވެފައިވާއިރު، މި ފަހަރުގެ މި ފިލްމްއިން ފެނިގެންދާނީ، ޓޮމް އަދި ޖެރީ އެ ދޭޓިގެ ގެއިން ނެރެލުމުން ނިއު ޔޯކް ގެ ފޭންސީ ހޮޓެލްއަކަށް ބަދުލުވުވެގެން އުޅޭތަނެވެ. އަދި އެއަށްފަހު ފިލްމްގައި "ކޭލާ" ނަމަކަށް ކިޔާ ކެރެކްޓާއަކާއި ދިމާވެއެވެ. ކޭލާ އަކީ އެ ހޮޓެލްގައި މަސައްކަތް ކުރާ މީހެކެވެ. އަދި އޭނަގެ މަސައްކަތަކަށް ވަނީ ހޮޓެލް ގައި ބޭއްވުމަށް ހަމަޖެހިފައިވާ ވަރަށް ބޮޑު ވެޑިއެއް ބޭއްވުމުގެ ކުރިން "ޖެރީ" އެ ހޮޓެލް އިން ބޭރުކުރުމެވެ. އޭނަ މިކަމަށް ހައްލު ހޯދަނީ "ޓޮމް" އެ މަސައްކަތައް ނަގާ ޖެރީ އެ ހޮޓެލް އިން ބޭރުކުރުމަށެވެ.

މި ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ، 2021 ވަނަ އަހަރުއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ