ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑްރިން މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް އާދީއްތަ ދުވަހު ބާއްވަން ތާވާލުކޮށްފިއެވެ.
އެމަނިކުފާނުގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތުވެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ބާއްވަން ތާވަލުކޮށްފައި ވަނީ އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 10:30ގައެވެ.
މި އަޑުއެހުމަށް ރައީސް ޔާމީންއަށް މިއަދު ވަނީ ޗިޓް ފޮނުވާފައެވެ.
ޔާމީންގެ ޝަރީޢަތުގެ އަޑުއެހުމެއް އޮގަސްޓް ހަތަރެއްވާ އާދީއްތަ ދުވަހު ބޭއްވުމަށް ކުރިންވެސް ވަނީ އަންގާފައެވެ. އަންނަ އާދީއްތަ ދުވަހު އޮންނާނީ ދައުލަތުން ޔާމީނާއި ދެކޮޅަށް ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމެވެ.
ޔާމީންގެ ޝަރީއަތުގެ އަޑުއެހުމެއް އާދިއްތަ ދުވަހަށް ތާވަލުކޮއްފައިވާއިރު، ޔާމިނުގެ ލީގަލް ޓީމްގެ ލީޑަރަކަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަނީ ހަމަޖައްސައިފައެވެ.




