ޖުލައި މަހުގެ 22 އިން އޯގަސްޓު 11 އަށް ޗައިނާގެ ނަންޗެންގް ސިޓީ ގައި ކުރިއަށް ގެންދާ "ސެމިނަރ އޮފް ޕަބްލިކް މެނޭޖްމަންޓް ފޯރ ސިވިލް ސަރވަންޓްސް އޮފް މޯލްޑިވްސް" ގައި ބައިވެރިވާ ދިވެހި ސިވިލް ސަރވިސްގެ 30 މުވައްޒަފުން އިދާރީ ހިންގުމާގުޅޭ ގޮތުން ޗައިނާގެ ތަޖުރިބާ ހާސިލުކޮށް މިކަމުގައި ކުރިއަރާފައިވާ ޒަމާނީ ގޮތްތަކުގެ ތަމްރީނު ހޯދަމުން އެބަގެންދެއެވެ.
މި ސެމިނަރގައި ސިވިލް ސަރވިސް ހިންގުމުގައި ރަގަޅު ނަތީޖާ ނެރުމަށް ކަންކުރެވިދާނެ މޮޅުގޮތްތައް ދެނެގަތުމަށް ވަނީ ހަމަޖެހިފައެވެ.
ޗައިނާގެ މިނިސްޓްރީ އޮފް އިކޮނޮމިކުގެ ފަރާތުން އިންތިޒާމުކޮށް ކުރިޔަށް ގެންދާ މި ސެމިނަރގެ ހުރިހާ ޚަރަދެއް ކުރެއްވުމަށް ހަމަޖެހިފައިވަނީ ޗައިނާ ސަރުކާރުންނެވެ.
މަސައްކަތުގެ ތަޖުރިބާއާއި ތަމްރީނު ހާސިލުކުރުމުގެ އިތުރުން މި ސެމިނަރގެ ތެރޭގައި ޗައިނާގެ އިޤުތިޞާދީ ބޮޑު މަޝްރޫޢުތަކާއި ގުޅޭގޮތުންނާއި އަދި ފަންނުވެރި ތަމްރީނުތައް ދިނުމުގެ އިތުރުން މި ސެމިނަރގައި ބައިވެރިވާ ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންދަނީ އުމްރާނީގޮތުން ޗައިނާ ހޯދާފައިވާ ކުރިއެރުންތަކައި މުއްސަނދި ޘަޤާފަތް ބަލާލައި ތަޖުރިބާ ހިއްސާކުރުމުގެގޮތުން މަޝްހޫރު ބިނާތަކާއި ތަންތަނަށް ޒިޔާރަތްކުރައްވާފައިވެއެވެ.

އެގޮތުން ނަންޗެންގ ސިޓީގައި ހުންނަ މަޝްހޫރު ބައެއް އިމާރަތްތަކަށް ޒިޔާރަތްކުރެއްވިއިރު، އެތާގެ ނޭޝަނަލް ހައި ޓެކް އިންޑަސްޓްރިއަލް ޑިވެލޮޕްމެންޓް ޒޯން އާއި ނަންޗެންގ 101 އިންޓެލިޖެންޓް ބިލްޑިންގ އަށް ވެސް ޒިޔާރަތްކޮށް އެތަންތަނުގެ މަސައްކަތްތަކާ ގުޅޭގޮތުން ވަނީ ބައިވެރިންނާ ތަޖްރިބާ ހިއްސާކުރައްވާފައެވެ.
މީގެ އިތުރުން ޗައިނާގެ ޕޯރކްލެއިން ސިޓީ ގެ ގޮތުން މަޝްހޫރު ވެފައި ހުންނަ ޖިންގްޒެން ސިޓީ އަށް ޒިޔާރަތްކޮށް އެ އަވަށު މީހުން މުށި ބޭނުންކޮށްގެން ތައްޔާރުކުރާ އެއްޗެހި ތައްޔާރުކުރާ ގޮތް ބައްލަވައިލައްވާފައެވެ. އަދި ޗައިނާގެ އެންމެ ރީތި އަވަށެއް ކަމުގައިވާ ވޫޔުއާން ސިޓީ އަށްވެސް ވަނީ ޒިޔާރަތްކޮށްފައެވެ. މި ސެމިނަރއަކީ ވަރަށް ކާމިޔާބު އެތަކެއް މަޢުލޫމާތާއި ތަޖުރިބާ ހިއްސާކުރެވެމުން އަންނަ ރަނގަޅު ސެމިނަރއެއް ކަމަށް ބައިވެރިން ވަނީ ވިދާޅުވެފައެވެ.



