ފުލުހުން ހިންގި އޮޕްރޭޝަނެއްގައި ވިލިމާލެއިން ނުވަ މީހުން ހައްޔަރުކޮށްފި

ކޯޓުއަމުރެއްގެ ދަށުން ފުލުހުން ވިލިމާލެއިން ނުވަ މީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި ވިލިމާލޭގައި ގްރޫޕް ހަދައިގެން މާރާމާރީ ހިންގައި އާންމު މަސްލަޙަތު ނަގާލައި، ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ބަޔަކު އަމަލު ކުރަމުންދާ ކަމުގެ ތުހުމަތުގައި ޖުލައި 31 ވަނަ ދުވަހުގެ ރޭ 00:10 އެހައިކަންހާއިރު ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށް ނުވަ މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ.

މި މީހުން ހައްޔަރުކޮށްފައިވަނީ ވިލިމާލޭގައި މިހާރު ފުލުހުން ހިންގަމުންދާ، ގްރޫޕް ހަދައިގެން ހިންގާ ކުށްތައް ހުއްޓުވުމަށް ހިންގާ ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ. މި އޮޕަރޭޝަންގައި ގްރޫޕް ހަދައިގެން އާއްމުކޮށް އެއްވާ ތަންތަން ޚާއްސަ ސަމާލުކަމެއް ދީގެން ބަލަހައްޓައި އެފަދަ ތަންތަން ބަލައި ފާކުރުން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 18 އަހަރުގެ ފިރިހެނަކާއި 19 އަހަރުގެ ފިރިހެނަކާއި 20 އަހަރުގެ ތިން ފިރިހެނުންނާއި 21 އަހަރުގެ ދެ ފިިރިހެނުންގެ އިތުރުން 22 އަހަރުގެ ދެ ފިރިހެނުންނެވެ. މި އެންމެންނަކީވެސް ދިވެހިންނެވެ. މި މައްސަލަ ވިލިމާލެ ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

ކުށްމަދު އަމާންތަނަކަށް ވިލިމާލެ ހެދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިޔަށް ގެންދާ މި އޮޕަރޭޝަނަކީ ވިލިމާލެ ޕޮލިސް ސްޓޭޝަނާއި ޕޮލިސް އިންޓެލިޖެންސާއި ސްޕެޝަލް އޮޕަރޭޝަންސް ޑިޕާޓްމަންޓް ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަނެކެވެ.

މި އޮޕަރޭޝަންގައި، ކުށްތަކަށް މަގުފަހިވާ ގޮތަށް ގްރޫޕް ހަދައިގެން އެއްވެ އުޅޭ ތަންތަން ބަލައިފާސްކުރުމާއި އާންމު ރައްޔިތުންނަށް އުނދަގޫވާގޮތަށް ކުރަމުންދާ ކަންކަން ހުއްޓުވުމަށް ޚާއްސަ މަސައްކަތްތަކެއް ކުރެވިގެންދާނެކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ