ޔުނިސެފްގެ ޖުވެނައިލް ޖަސްޓިސް ކޮންސަލްޓެންޓް ހައިކޯޓުގެ ފަނޑިޔާރުންނާ ބައްދަލުކޮށްފި

ކުޑަކުދިންގެ ޢަދުލުގެ ނިޒާމާއި ބެހޭ ތަމްރީނުގެ މޮޑިއުލް މުރާޖަޢާކޮށް ފުރިހަމަ ކުރުމަށް، ޔުނިސެފްގެ ފަރާތުން އައްޔަންކުރައްވާފައިވާ ބައިނަލް އަޤްވާމީ ކޮންސަލްޓެންޓް މިސް ލީ ޓަސްޓިންއާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ބައްދަލުކުރައްވައިފިއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގައި މިރޭ އޮތް މި ބައްދަލުކުރެއްވުމުގައި، ޔުނިސެފްގެ ޖުވެނައިލް ޖަސްޓިސް ކޮންސަލްޓެންޓް މިސް ލީ ޓަސްޓިންއާއި ބައްދަލުކުރެއްވީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްފަނޑިޔާރު އަލްއުސްތާޛު ޝުޖާޢު އުޘްމާންގެ އިތުރުން، ފަނޑިޔާރު އަލްއުސްތާޛު ޙަސަން ޢަލީއާއި ހައިކޯޓުގެ ރެޖިސްޓްރާ އަލްއުސްތާޛާ މަރްޔަމް ޚޫރުޝިދާ އަދި ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ނިޒާމްއެވެ.

މި ބައްދަލުކުރެއްވުމަށް ފަހު، މިސް ލީ ޓަސްޓިންވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތް ކުރާ މާލަމް ބައްލަވާލައްވާފައެވެ.

ޔުނިސެފަކީ ކުޑަކުދިންނާ ގުޅުންހުރި ތަފާތު އެކި ދާއިރާތަކުން އެކި ގޮތްތަކުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ބައިނަލްއަޤްވާމީ ފަރާތެކެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް