މިފަހަރުގެ އަޟްހާ އީދު ޅ.ހިންނަވަރުގައި ފާހަގަކުރަން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ނިންމައިފިއެވެ.
ހޯމް މިނިސްޓްރީން ވިދާޅުވީ، ހިންނަވަރު ކައުންސިލާ ގުޅިގެން އެރަށުގައި އީދުގެ ހަރަކާތްތައް މިނިސްޓްރީގެ ފަރާތުން ކުރިއަށްގެންދާނީ މި އޮގަސްޓްމަހުގެ 11 އަދި 12 ވަނަ ދުވަހު ކަމަށެވެ.
އީދު ފާހަގަކުރާ ރަށަކަށް ހިންނަވަރު ހަމަޖެއްސީ މިނިސްޓްރީއާ ގުޅިގެން އީދުފާހަގަކުރަން ބޭނުންވާ ރަށްތަކުން ޕްރޮޕޯސަލް ހުށައެޅުމަށް އެދި ކައުންސިލްތަކަށް ފޮނުވި ސަރކިއުލައާ ގުޅިގެން ޕްރޮޕޯސަލް ހުށައެޅި 6 ރަށުގެ ތެރެއިން އެންމެ ރނގަޅު ޕްރޮޕޯސަލްއެއް ހުށައެޅި ރަށަކީ ހިންނަވަރު ކަމަށްވާތީ ކަމަށް އެމިނިސްޓްރީން ވިދާޅުވިއެވެ.
"ހިންނަވަރުގައި އީދު ފާހަގަކުރަން ނިންމުމުގެ ކުރިން މިނިސްޓްރީގެ ޓީމެއް ވަނީ އެރަށަށް ޒިޔާރަތްކޮށް މުއައްސަސާތަކާ ބައްދަލުކޮށް މަޝްވަރާކޮށް، މައުލޫމާތު އޮޅުންފިިލުވާފައި." ހޯމް މިނިސްޓްރީން ވިދާޅުވިއެވެ.
އެ މިނިސްޓްރީން ވިދާޅުވީ، ހިންނަވަރުގައި އީދުގެ ހަރަކާތްތައް ކުރިއަށްގެންދާނީ ޘަޤާފީ ކުޅިވަރުތަކާއި، ސްޓޭޖް ހަރަކާތްތައްވެސް ހިމެނޭގޮތަށް ކަމަށެވެ.
"ހިންނަވަރުގައި އީދު ފާހަގަކުރުމަށް އެރަށުގެ ރައްޔިތުން މިހާރުވެސް ގެންދަނީ ތައްޔާރުވަމުން. އޭގެތެރޭގައި ދަނޑިޖެހުމާއި، ބަނޑިޔާޖެހުންފަދަ ކުޅިވަރުތައް ހިމެނޭ." ހޯމް މިނިސްޓްރީން ވިދާޅުވިއެވެ.
ހިންނަވަރުގައި ކުރިއަށްގެންދާ އީދު ކުޅިވަރުތައް ވަގުތުން ދެއްކުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ހިޔާލު
roi heyrigen. emme 4 varakaha dhuvahu gana thelhigen vex kuran vaane.amilla sarukaaru veema
ކޮމެންޓް ކުރުން ބަންދު