ރައްޔިތުންގެ މަޖިލިސް އިންތިހާބު 2019 ގައި ވޯޓު ލުމަށް ހައްގުލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާއެއް ވާނަމަ، ވޯޓާސް ލިސްޓަށް ޝަކުވާ ހުށައެޅުމުގެ އެންމެ ފަހު ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ވިދާޅުވީ، ނިމިގެން ދިޔަ ރިޔާސީ އިންތިޚާބުގައި އެބޭފުޅަކު ވޯޓުލީ ތަނެއްގައި ވޯޓުލާން ބޭނުންފުޅުވާ ބޭފުޅުން، ރީ ރަޖިސްޓްރީ ނުކޮށް ރަޖިސްޓްރީ ކޮށްފައިވާ ތަނެއްގައި ވޯޓް ލެވޭނެ ކަމަށެވެ.
ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާފައިވާއިރު، އީސީން ވިދާޅުވީ، މިފަހަރުގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ އެންމެ ފަހު މުއްދަތަކީ މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
އެޕްރީލް 6 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވޯޓު ލުމުގެ ހައްޤު ލިބިފައިވަނީ 264،589 މީހުންނަށެވެ.



