ސިލްވާ ސޭންޑުން ސާވިސް ޗާޖު ދިނުމުގައި ތަފާތު ކުރި މައްސަލަ ބަލަނީ

ޝަންގްރިއްލާ ރިސޯޓުގެ ޑައިވިން ސްކޫލް ހިންގާ ސިލްވާ ސޭންޑުން އެތަނުގެ މުވައްޒަފުންނަށް މިދިޔަ ޖޫން މަހު ސާވިސް ޗާޖު ދިނުމުގައި ބިދޭސީންނާއި ދިވެހިން ތަފާތު ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑައިރެކްޓަރ ނިއުޝާ ވިދާޅުވީ، ސިލްވާ ސޭންޑުން ސަރވިސް ޗާޖް ދިނުމުގައި ތަފާތުކުރުންތަކެއް ގެންގުޅުނުކަމަށްބުނާ މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް އައުމާއި ގުޅިގެން އެކަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ބައްލަވަމުން ގެންދަވާ ކަމަށެވެ.

މީސްމީޑިއާގައި އާއްމުވެފައިވާ މިދިޔަ ޖޫން މަހުގެ ޕޭ ސްލިޕުގައި އެތަނުގައި މަސައްްކަތް ކުރާ ބިދޭސީ މުވައްޒަފަކަށް ސާވިސް ޗާޖުގެ ގޮތުގަ 380.92 ޑޮލަރު ދީފައިވާއިރު، ދިވެހި މުވައްޒަފަކަށް ހަމަ އެމަހު ދީފަ ވަނީ 111.10 ޑޮލަރެވެ.

ނިއުޝާ ވިދާޅުވީ، މި މައްސަލައިގައި އެ ރިސޯޓުގެ ބަހެއް ހޯދުމަށްފަހު އެކަމުގައި އެ މިނިސްޓްރީން ގޮތެއް ނިންމަވާނެ ކަމަށެވެ.

ރިސޯޓްތަކުގައި ދިވެހިންނާއި ބިދޭސީން ތަފާތު ކުރުމާއި، މުސާރައާއި ސަރވިސް ޗާޖް ދިނުމުގައިވެސް ބިދޭސީންނަށް ބޮޑު މުސާރަ ދޭކަމުގެ ޝަކުވާ ރިސޯޓް މުވައްޒަފުން އަބަދުވެސް ކުރެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް