ރައީސް ޔާމީންގެ ދިފާއީ ހެކިތައް ކޯޓުން ބަލައިގެންފި

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާ މަނީލޯންޑަރިންގެ ދައުވާގެ ދިފާއުގައި އެމަނިކުފާނުގެ ދިފާއުގައި ހުށަހެޅި ދިފާއީ ހެކިތައް އަދި ދިފާއުތައް ބަލައިގަންނަން ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

މިހާރު ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ރައީސް ޔާމީންގެ މައްސަލައިގެ ޝަރީއަތުގައި އެމަނިކުފާނުގެ ފަރާތުން ދިފާއީ ހެކީގެ ގޮތުގައި ހުށަހަޅާފައިވަނީ ޝަފަވީ ހެއްކެއްގެ އިތުރުން ދިފާއީ ދެ ހެއްކެވެ.

ޝަފަވީ ހެއްކެއްގެ ގޮތުގައި ރައީސް ޔާމީންގެ ފަރާތުން ހުށަހަޅާފައިވަނީ ކުރީގެ ގަވަރުނަރު މއ.ރޮޒޭރިއާ އަޒީމާ އާދަމްއެވެ.

ކިތާބީ ހެކީގެ ގޮތުގައި ހުށަހަޅާފައިވަނީ 2016 ސެޕްޓެމްބަރ 8 ވަނަ ދުވަހު އެމްއެމްއޭ އިން ނެރުއްވާފައިވަނީ ނަންބަރު PP/MCO/2016/19 ނޫސްބަޔާނާއި، ސިވިލް ކޯޓުގެ ނަންބަރު 705/CV/C/2017 ހުކުމެވެ.

ދިފާއީ ހެކީގެ ގޮތުގައި ހުށަހަޅާފައިވާ އެމްއެމްއޭގެ ނޫސްބަޔާނަކީ އަލްޖަޒީރާއިން ނެރުނު "ސްޓީލިންގ ޕަރަޑައިސް" ވީޑިއޯ ރިޕޯޓާއި ގުޅިގެން އެމްއެމްއޭއިން ނެރެއްވާފައިވާ ނޫސްބަޔާނެކެވެ.

ދިފާއީ ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ސވިލް ކޯޓުގެ ހުކުމަކީ އެމްއެމްޕީއާރުސީ އަދި އެސްއޯއެފް އާއި ގުޅިގެން އެ ކޯޓުން ބަލާފައިވާ މައްސަަލައެއްގެ ހުކުމެކެވެ. އެ ހުކުމްގައި ކަނޑައަޅާފައިވާ ކަންކަމުގެ ތެރޭގައި އެސްއޯއެފްގެ ހުރިހާ ފައިސާއަކީ ޚީޔާނާތުގެ ފައިސާކަމަށް ބެލެވެން ނެތްކަމަށް ކަނޑައަޅާފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ