ކަނޑު އުޅަނދުތަކެއް މާލޭ ބަނދަރުގައި - ފެށުން ފޮޓޯ: ވިސާމް

ޢީދާ ދިމާކޮށް ކަނޑު އުޅަދު ޗެކް ކުރުމުގެ ޚާއްސަ އޮޕަރޭޝަނެއް ފަށައިފި

މިއަހަރުގެ އަޟްހާ ޢީދާއި ދިމާކޮށް ކަނޑު އުޅަދު ފަހަރު ޗެކް ކުރުމުގެ ޚާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް އިން މިއަދު ހާމަ ކޮށްފައިވާ ގޮތުގައި މި އޮޕަރޭޝަނަކީ އީދާއި ދިމާކޮށް ގިނަ އަދަދެއްގެ ރައްޔިތުން އެއްތަނުން އަނެއްތަނަށް ކަނޑުމަގުން ދަތުރު ކުރާނެތީވެ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ހިންގޭ އޮޕަރޭޝަނެއްކަމަށެވެ. އެ ގޮތުން މެރިން ފޮލިސްއިން މި އޮޕްރޭޝަނުގައި ކަނޑު އުޅަދުތައް ޗެކް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކޮންމެ އަހަރެއްގެ ޢީދު ބަންދާއި ދިމާކޮށް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް ދަތުރު ފަތުރުތައް ވަރަށް ބޮޑަށް އިތުރު ވެގެން ދެއެވެ. ޚާއްސަ ގޮތެއްގައި މާލޭގެ ތޮއްޖެހިފައިވާ މާހައުލުގައި އުޅެމުންދާ ވަރަށް ގިނަ އަދަދެއްގެ ބަޔަކު މިފަދަ ޚާއްސަ މުނާސަބަތުތަކުގައި ރާއްޖޭގެ ޤުދުރަތީ ހިތްގައިމުކަން ލިބިފައިވާ ރަށްރަށަށް ހިތްހަމަ ޖައްސާލަން ދާކަމީ، ފެންނަށް އޮތް ހަޤީޤަތެކެވެ.

އަދި އަތޮޅުތެރޭގެ ރަށްރަށުގައި މިފަދަ މުނާސަބަތުތައް މާ ފޯރީގައި މާކުލަގަދަކޮށް ފާހަގަ ކުރަމުން އަބަދުވެސް އާދެއެވެ. މިފަހަރުގެ އަޟްޙާ ޢީދުވެސް ރާއްޖޭގެ ގިނަ ރަށްރަށުގައި ކުލަގަދަކޮށް ފާހަގަ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެފަދަ ރަށްރަށަށް ދިއުމަށް ކަނޑުމަގުންނާއި ވައިގެ މަގުން ދަތުރުގެ ޓިކެޓް މާކުރިޔާލައި ނަގައި ޖާގަތައް ވަނީ ފުލް ކޮށްލާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ