މާލޭ ގެއަކުން ދުންއަރާތީ ސިފައިން ހަރަކާތްތެރިވަނީ

ގަލޮޅު އަވަށުގެ ގެއަކުން ދުންއަރާތީ ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ސިފައިން ހަރަކާތްތެރިވަމުންދަނީ ގ.މާޖެހިގެއިން ދުން އަރާކަމުގެ ރިޕޯޓް ލިބުމާއި ގުޅިގެން ކަމަށެވެ. މި ހާދިސާގެ ރިޕޯޓް އެސަރވިސް އަށް ލިބިފައިވަނީ މިރޭ 20:47 ހާއިރުއެވެ.

އެގޭގެ ފަސް ވަން ފަންގިފިލާއިން ފުދޭވަރަކަށް ދުން އަރަމުންދިޔަ ނަމަވެސް އަލިފާނެއް ނުފެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، ރޯވެގެން ދުން އަރާފައި ވަނީ އެ ގޭގެ ފަސް ވަނަ ފަންގިފިލާގައި ހުރި ކޮޓަރިއެއްގައި އޮތް ގޮދިޑިއެއްގައި ކަމަށެވެ.

"ފަޔާ ޓީމުން ގޮސް ވަނީ ނިއްވާފާލައި، ދުން ބޯކަމުން ދުން ނެރުމަށް ފަޔާ ޓީމުން ދަނީ ހަރަކާތްތެރިވަމުން." އާޒިމް ވިދާޅުވިއެވެ.

ގޮދަޑީގައި ރޯވި އަލިފާންގަނޑު މިރޭ 21:01 ހާއިރު ނިއްވާލާފައިވާ ކަމަށާއި، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް