މޯލްޑިވްސް ޕޮލިސް ސަރވިސް އިން ތަޙްޤީޤު ކުރަމުންދާ މައްސަލައެއްގެ ތަޙްޤީޤަށް އައްޑޫ ސިޓީ، ހިތަދޫ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ، ހުޅުމާލެ އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަމުންދާ މައްސަލައަކާ ގުޅިގެން ފުލުހުން ހޯދަމުންދަނީ ސ.ހިތަދޫ، ދެތަނޑިމާގެ، އަޙްމަދު ޝާޠިރު (29އ) ކަމަށެވެ.
"އަޙްމަދު ޝާޠިރުއާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހުޅުމާލެ އިންވެސްޓިގޭޝަން ޕާޓްމަންޓުގެ ޑިއުޓީ ނަންބަރު 9980062 އަށް ގުޅުއްވައި ޙިއްސާކުރެއްވުން އެދެން." ފުލުހުން ވިދާޅުވިއެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ޢާއްމު ރައްޔިތުންނަށް ޝުކުރު އަދާކުރެއްވިއެވެ.





ހިޔާލު
Salhi bitteh