މިދުވަސްކޮޅު ގިނަބަަޔަކު އެ ސީރީޒްއަކާއި ބެހޭގޮތުން އެންމެ ގިނައިން ދައްކާވާހަކައަކީ ނެޓްފިލްކްސްއިން ގެނެސްދެމުންއަންނަ ސްޕެނިޝް ސީރީޒް "މަނީ ހައިސްޓް" އެވެ.
މި ސީރީޒްގެ މަޤުބޫލުކަމާއެކު ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހުރުކް ޙާނު މިވަނީ "މަނީ ހައިސްޓް" އަށް ބިނާކޮށް ހިންދީ ފިލްމެއް ހަދަން ނިއްމާފައިވާކަން ހާމަކޮށްފައެވެ.
ބޮލީވުޑްގެ ޙަބަރުތައް ބުނާގޮތުން "މަނީ ހައިސްޓް" ގެ ރައިޓްސް ޝާހްރުކްގެ ފިލްމު ކުންފުނި ރެޑް ޗިލީޒް އެންޓަޓައިންމަންޓުން ހޯދުމަށް ފަހު އެއަށް ފިލްމެއް ހެދުމުގެ ތައްޔާރީތައް ވަމުން އެބަދެއެވެ.
ޝާހުރުކް ޙާނު މި ސިލްސިލާއަށް ހިންދީ ފިލްމެއް ހަދަން ނިއްމާފައިވާ ޙަބަރަކީ، މިދުވަސްކޮޅު މީސްމީޑިއާގައި އެންމެ ގަދަޔަށް ދެކެވެމުން އަންނަ ވާހަކައެވެ. އަދި ގިނަ ބަޔަކު ދަނީ މިކަމަށް ޖޯކު ޖަހާ ފާޑކިޔަމުންނެވެ.
"މަނީ ހައިސްޓް" އަކީ 2017 އިން ފެށިގެން ގެނެސް ދޭންފެށީ ކްރައިމް ޑްރާމާ ސިލްސިލާއެކެވެ. މި ސީރީޒް ގައި ކިޔައި ދެނީ ބަޔަކު ވަރަށް ބޮޑަށް ޕްލޭންކޮށެގެން ބޭންކްތަކެއް ލޫޓްވައިލަން ކުރާ މޮޅު މަސައްކަތްތަކެއްގެ ތެރޭގައި ހިނގާ ހާދިސާތަކެކެވެ.
މި ސީރީޒްގެ 2 ސީޒަން މިހާތަނަށް ގެނެސްދީފައިވާއިރު،ނެޓްފިލްކްސް އިން އެންމެ ގިނަ ބަޔަކު ބެލި ސީރީޒްއަކަށް "މަނީ ހެއިސްޓް" ވަނީ މިހާރު ވެގެން ގޮސްފައެވެ.