އެންޓޮއިން ގްރިޒްމަން އަދި ޑިއޭގޯ ކޯސްޓާ - ފޮޓޯ: އީއެސްޕީއެން.ކޮމް

ލަލީގާ – ގްރިޒްމަންގެ ލަނޑުން އެތުލެޓިކޯ ރެއަލްގެ މައްޗަށް، މެސީގެ އެއް ޕެނަލްޓީ ކާމިޔާބު އަދި އަނެއް ޕެނަލްޓީ މިސް

ރޭ ލަލީގައި ވަލެކާނޯގެ މައްޗަށް ލިބުނު އުނދަގޫ މޮޅާއެކު އެތުލެޓިކޯ ރެއަލްއަށްވުރެ ދެ ޕޮއިންޓް ކުރިއަށްޖެހިލިއިރު ބާސާ އަދި ވަލަޑޮލިޑް ބައްދަލުކުރި މެޗުގައި ލިބުނު ދެޕެނަލްޓީގެ ތެރެއިން މެސީއަށް ކާމިޔާބުކޮށްދެވުނީ އެއް ޕެނަލްޓީއެވެ.

ވަލެކާނޯ އަދި އެތުލެޓިކޯ ބައްދަލުކުރި މެޗު 0-1 ގެ ނަތީޖާއަކުން އެތުލެޓިކޯ ކާމިޔާބުކުރިއިރު މެޗުގެ ހަމައެކަނި ލަނޑު މެޗުގެ 74ވަނަ މިނަޓްގައި ޖަހައިދިނީ ގްރިޒްމަންއެވެ. މިލަނޑު ޖަހައިދިނުމަށް އެހީތެރިވެދިނީ ލޯނެއްގެ ދަށުން ޗެލްސީއިން އެތުލެޓިކޯއަށް ބަދަލުވި މޮރާޓާއެވެ.

މިމޮޅަކީ އެންމެފަހުން ކުޅުނު ތިން މެޗުގެ ތެރެއިން އެތުލެޓިކޯއަށް ލިބުނު ހަމައެކަނި މޮޅެވެ. މީގެ ކުރިން ކުޅުނު ދެމެޗުން، ރެއަލް ބެޓިސް އަތުންނާއި ރެއަލް މެޑްރިޑްއަތުން އެތުލެޓިކޯވަނީ ބަލިވެފައެވެ. ޗެމްޕިއަންސް ލީގުގައި އެތުލެޓިކޯގެ މެޗެއް އަންނަ ބުދަދުވަހުގެރޭ ކުޅުމަށް ހަމަޖެހިފައިވާއިރު މިމެޗުގައި ނިކުންނާނީ އިޓަލީގެ ޗެމްޕިއަން ޖުވެންޓަސްއާ ދެކޮޅަށެވެ.

ލިއޮނަލް މެސީ ޕެނަލްޓީ ޖަހަނީ - ފޮޓޯ: ބާސާ

މެސީގެ 30ވަނަ ލަނޑާއެކު 1-0 ގެ ނަތީޖާއަކުން ވަލަޑޮލިޑްގެ މައްޗަށް ކުރިހޯދައި ބާސާއިން ލީޑުހިފަހައްޓައިފިއެވެ.

މިސީޒަންގައި މެސީ ޖަހައިދިން 30 ލަނޑު ފެނިގެންދިޔައީ އޭރިއާ ތެރެއިން ޕީކޭއަށްކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ އަކުންނެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިކުތް ކުޓިނިއޯއަށްކުރި ފައުލަކާ ގުޅިގެން ދެވަނަ ޕެނަލްޓީއެއް ބާސާއަށް ލިބުނުއިރު މިޕެނަލްޓީ ބާސާގެ ކުރީގެ ކީޕަރ ޖޯޑީ މެސިޕް ދިފާއުކުރީއެވެ. މެސީގެ ކެރިއަރުގައި 27 ޕެނަލްޓީ މިސްވެފައިވާރު އޭގެ ތެރެއިން 14 ޕެނަލްޓީ މިސްވެފައިވަނީ ލަލީގާގައެވެ.

މިމެޗަކީ ބާސާއަށް ޕީކޭ ކުޅެދިން 300ވަނަ ލަލީގާ މެޗެވެ. އަދިމިމެޗުގައި ބާސާއަށް ބާސާގެ އަސްލުކުޅުން ނުކުޅެވޭކަމަށާއި ހަމައެކަނި އޮތް އުފާވެރި ޚަބަރަކީ މެޗުން މޮޅުވިކަންއެކަނިކަމަށް މެޗަށްފަހު ދިން އިންޓަރވިއުއެއްގައި ޕީކޭ ބުނެފައިވެއެވެ.

ލަލީގާގައި 54 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައި އޮތީ ބާސާއެވެ. ދެވަނައިގައި އެތުލެޓިކޯ އޮތީ 47 ޕޮއިންޓައެކުގައެވެ. އަދި 45 ޕޮއިންޓާއެކު ތިންވަނައިގައި ރެއަލް އޮތްއިރު މިއަދު ހަވީރު ޖިރޯނާއާ ބައްދަލުކުރާ މެޗުން ރެއަލް މޮޅުވެއްޖެނަމަ ތާވަލްގެ ދެވަނައަށް ރެއަލްއަރާނެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ