އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ - ފޮޓޯ: ރައީސް އޮފީސް

ސުކޫލްގެ ވެރިޔާ ނުރަނގަޅުނަމަ ސުކޫލުގެ ބަރަކާތް ކެނޑިގެންދާނެ - މިނިސްޓަރު

ސްކޫލު ހިންގަން ހުންނަ ވެރިއަކު އެއީ ނުބައި މީހެއް ނަމަ ސްކޫލުގެ ބަރަކާތް ކެނޑިގެންދާނެ ކަމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

‎މިހާރު ދަރުބާރުގޭގައި ފެށިގެން ކުރިޔަށްދާ ސްކޫލްތަކުގެ އިސްވެރިންގެ ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވެފައިވަނީ ދިރާސާތަކުން ދައްކާގޮތުގައި ކްލާހުގައި ކިޔަވައިދޭ ޓިޗަރު ފިޔަވައި ދަރިވަރުންގެ ތައުލީމަށް އެންމެ ހެޔޮ ބަދަލެއް ގެނެވޭނީ ސްކޫލު ހިންގަން ހުރި އިސްވެރިއަކަށްކަމަށާއި ގޭގެ އޮޅި ނުރަނގަޅު ވެއްޖެނަމަ އެ ގެއަކަށް ސުލްހަވެރިކަން ނާންނަ ފަދައިން ސްކޫލު ހިންގަން ހުރި ވެރިއަކު ނުރަނގަޅު ވެއްޖެ ނަމަ ސްކޫލުގެ ބަރަކާތް ކެނޑިގެންދާނެކަމަށެވެ.

‎މި ކޮންފަރެންސްއަކީ ސްކޫލުތަކަށް ދިމާވާ މައްސަލަތަކާއި މުސްތަގުބަލުގައި ސްކޫލުތައް ހިންގާނެ ގޮތާ ގުޅޭގޮތުން މަޝްވަރާކޮށް އެކަންކަމާއި ގުޅޭ މަޢުލޫމާތު ހިއްސާކުރުމަށްބާއްވާ ކޮންފަރެންސްއެކެވެ. މި ކޮންފަރެންސް ކުރިޔަށްދާނީ މާދަމާގެ ނިޔަލަށެވެ.

‎މިސްޓަރު އިތުރައް ވިދާޅިވެފައިވަނީ މުއަމާލާތްތަކާ ގުޅުންތައް އެދެވޭ ގޮތެއްގައި ތަރުތީބުކުރުމަކީ އެންމެ މުހިއްމު އެއް ކަންތައް ކަމަށާ، ދަރިވަރުންގެ ބެލެނިވެރިންނާއި އާއިލާތަކާއި ގުޅުންތައް ގާއިމްކޮށް ދަމަހައްޓާ ފަރާތަކީ ސްކޫލުތަކުގެ އިސްވެރިން ކަމަށެވެ. އަދި ވަކި ފަރާތަކަށް ޖެހުމުގެ ބަދަލުގައި އަދުލް އިންސާފާއި ހަމަހަމަކަމާއެކު ހުރިހާ ފަރާތްތަކާއިވެސް އެއްބައިވެގެން، ސްކޫލުގެ އިސް މަގާމުގައި ތިބޭ ބޭފުޅުން މުއާމަލާތްކުރުމަކީ ރާއްޖެއަށް އެކި މޫސުމުގައި އަންނަ ކޮޅިގަނޑުތަކުގައި ދެމެހުންނެވި ގޮތަށް ވަޒީފާ އަދާކުރުމަށް ބޭނުންކަމެއް ކަމުގައި މިނިސްޓަރުގެ ވާހަކަފުޅުގައި ވަނީ ފާހަގަކޮށްފައެވެ.

‎މީގެ އިތުރުންވެސް ސްކޫލް ފެންވަރުގައި ގިނަ މީހުންގެ ތާއީދު ލިބިގެން ނޫނީ ތައުލީމީ ނިޒާމަށް ބަދަލު ނުގެނެވޭނެ ކަމަށާއި، ސްކޫލު ހިންގުން ލާމަރުކަޒީ ކުރުމުން ސްކޫލު ފެންވަރުގައި ނިންމާ ކަންތައް އެކަށޭނެ ގޮތަށް ތަންފީޒުކުރުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށް ވިދާޅުވި އެވެ. އަދި އޭގެ ސަބަބުން ސްކޫލުން ދޭ ތަރުބިއްޔަތާއި ހުނަރު އަދި ތައުލީމުގެ ނަތީޖާ ރަނގަޅުވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ