ކވ: މުޙައްމަދު ޔޫނުސް - މުޙައްމަދު ޟިރާރު

ކޯޓަށް ހާޒިރުކުރަން އައްޑޫ ދެމީހަކު ހޯދަނީ

ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާ ދެ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާ ގުޅިގެން މި ދެ މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ، މި އަމުރުތަކާ ގުޅިގެން ހޯދަމުންދަނީ ސ.މަރަދޫ، ދުންފިނި، މުޙައްމަދު ޔޫނުސް (46އ) އާއި ސ.މީދޫ، މިރާޒު، މުޙައްމަދު ޟިރާރް (40އ) ކަމަށެވެ.

"މުޙައްމަދު ޔޫނުސް ހޯދަމުންދަނީ ސިވިލް ކޯޓުގައި ބަލަމުންދާ ސާބިތުދަރަނީގެ ފައިސާ ހޯދުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރެވިފައިނުވާތީ،  ބަންދުގައި ބަހައްޓައިގެން އޮގަސްޓް 7 ވަނަ ދުވަހުގެ 11:00 ށް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން." ފުލުހުން ވިދާޅުވިއެވެ.

"މުޙައްމަދު ޟިރާރު ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ޙުކުމްތަންފީޖު ކުުރުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރެވިފައިނުވާތީ،  ބަންދުގައި ބަހައްޓައިގެން އޮގަސްޓް 7 ވަނަ ދުވަހުގެ 11:30 ށް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެން." ފުލުހުން ވިދާޅުވިއެވެ.

މި ދެމީހުންނާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން އެދިލައްވައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް