ބ.އޭދަފުށި ޕޮލިސް ސްޓޭޝަނުން ތަޙުޤީޤު ކުރަމުންދާ މައްސަލައަކާ ގުޅިގެން ފޯކައިދޫ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ، މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ށ.ފޯކައިދޫ، ދަންމަރު، އަޙްމަދު ޒާހިދު (31އ) ކަމަށެވެ.
"އަޙްމަދު ޒާހިދާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ބ.އޭދަފުށި ޕޮލިސް ސްޓޭޝަން ޑިއުޓީ ނަންބަރު 9791674 އަށް ގުޅުއްވައި ޙިއްސާކުރެއްވުން އެދެން." ފުލުހުން ވިދާޅުވިއެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމަށް ފުލުހުން ޝުކުރު ދަންނަވައެވެ.