ސަލާގެ ޖަނަޒާގައި އެތައް ހާސް މީހުންތަކެއް އާޖެންޓީނާގެ މަގުމައްޗަށް

މިދިޔަ މަހު ރެކޯޑު އަގަކަށް ކާޑިފްއަށް ބަދަލުވި 28 އަހަރުގެ އެމިލިއާނޯ ސަލާ މިމަހުގެ 21ގައި އޭނާގެ އާ ކްލަބް ކާރޑިފްއަށް ދަތުރުކުރަމުން ދިޔަ މަގުތީ ހިނގި ހިތާމަވެރި ހާދިސާގައި މަރުވެފައިވާ އެމިލިއާނޯ ސަލާގެ ޖަނާޒާގައި ބައިވެރިވުމަށް އެތައް ހާސް މީހުންނެއް އާޖެންޓީނާގެ މަގުމައްޗަށް ނިކުމެއްޖެއެވެ.

މިމަހުގެ 7 ވަނަ ދުވަހު ސަލާގެ ހަށިގަނޑު ފެނިފައިވާއިރު، މޫދު ތެރޭގައި އެތައް ދުވަހެއް ވަންދެން އޮތް ހަށިގަނޑު ނެގުމަށްފަހު އިދާރާތަކުން އެއީ ސަލާކަން ޔަޤީންކުރީ އިނގިލީގެ ނިޝާނުގެ އެހީގައެވެ. 

މެނޭޖަރެއްގެ ގޮތުގައި އުޅޭތާ 40 އަހަރު ވެއްޖެކަމަށާއި މިއީ ހިތްދަތި އަދި ވަރަށް ހިތާމަވެރި ވަގުތެއްކަމާއި ސަލާ ކާޑިފްއަށް މެޗެއް ކުޅެދީފައި ނުވިނަމަވެސް ސަލާއަކީ އެމީހުންގެ ކުޅުންތެރިއެއްކަމަށާއި ސަލާ އެޓީމަށް ގެނައީ ސަލާބޭނުންވެގެންކަމަށް ކާޑިފްގެ މެނޭޖަރު ނީލް ވާނޮކް ވިޖިލްއާ ވާހަކަދައްކަމުން ބުނެފައިވެއެވެ.

ސަލާއާއެކު ދަތުރުކުރު ޕައިލެޓް އިބޮޓްސަންގެ އަދިވެސް ނުފެނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ