ބައިގަޑި އިރުތެރޭ ވަގު އަތުލައި ލެޕްޓޮން ހޯދައިފި

މާފަންނު ފަނޑިޔާރު މަގުގަ ހުރި ގެޔަކުން ވައްކަން ކުރި މީހަކު، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބައި ގަޑިއިރުތެރޭ އަތުލައި ވަގަށްނެގި ލެޓޮޕް ހޯދައިފިއެވެ.

މި ވައްކަން ހިނގާފައި ވަނީ މިއަދުއެވެ. މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބުނެފައި ވަނީ ލެޓޮޕެއް ވަގަށް ނަގައިފައިވާކަން އެފަރާތަށް ރިޕޯޓް ކޮށްފައި މިއަދު 11:30 ހާކަންހާއިރުކަމަށެވެ. މި މައްސަލައަކާއި ގުޅިގެން ފުލުހުން ކުރި މަސައްކަތުން އޭގެ ބައިގަޑިއެއްހާއިރު ތެރޭގައި ވައްކަން ކުރި ފަރާތް އަތުލައި ވަގަށް ނެގި ލެޕްޓޮޕް ވަނީ ހޯދައިފައެވެ.

މި ވައްކަމާއި ގުޅިގެން ފުލުހުން ވަނީ 35 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައެވެ. ފުލުހުން ވިދާޅުވާ ގޮތުގައި ވަގަށް ނަގާފައިވާ ލެޕްޓޮޕް ވެރިފަރާތާއި ހަވާލުކުރުމުގެ މަސައްކަތް އެފަރާތުން ދަނީ ކުރަމުންނެވެ.

މި މައްސަލަ ފުލުހުން ދަނީ ތަޙްގީގު ކުރަމުންނެވެ.

ޢީދު ބަންދާއި ދިމާކޮށް މާލޭގެ ގިނަ ބަޔަކު އަތޮޅު ތެރޭގެ ރަށްރަށަށް ދަތުރު ކުރުމާއި ގުޅިގެން، ވަށްކަމުގެ މައްސަލަތައް އިތުރުވެދާނެތީ ފުލުހުން ވަނީ ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްތަކެއްވެސް ކުރިޔަށް ގެންގޮސްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ