ހުޅުމާލެ - ފޮޓޯ: މޯލްޑިވްސް އިންޑިޕެންޑެންޓް

ޢީދު ދުވަހު ހަވީރު ހުލުމާލޭގައިވެސް ވެހިކަލް ދުއްވުން މަނާ

މިއަހަރުގެ އަޟްހާ ޢީދުގެ މުނާސަބަތުގައި މާދަމާ ހުޅުމާލޭގައިވެސް ވަހިކަލް ދުއްވުން މަނާކޮށްފިއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ވިދާޅުވީ، މާދަމާ ހަވީރު 16:00 ފެށިގެން އިރުއޮއްސި 18:00 އާއި ހަމައަށް ހުޅުމާލޭގައި އިންޖީނުލީ އެއްގަމު އުޅަނދުތަށް ދުއްވުން މަނާކަމަށެވެ.

އެވަގުތު ހުޅުމާލޭގައި ދުއްވަން ހުއްދަދީފައިވަނީ ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދު، އެމްބިއުލާންސް، ފުރާމީހުން ބޭނުންކުރާ ހުއްދަ ދެވިފައިވާ އުޅަނދު، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން ދުއްވުމަށް ހާއްސަ އުޅަނދު، ޕަބްލިކް ޓްރާންސްޕޯޓްގެ ގޮތުގައި ބޭނުން ކުރާ ބަހާއި އެދުވަހުގެ އެގަޑީގައި ދުއްވުމުގެ ހުއްދަދެވޭ އުޅަނދުތައް އެކަންޏެވެ.

ހުއްދަ ދެވިފައިވާ އުޅަނދުތައް ފިޔަވައި އެހެނިހެން އުޅަނދުތައް މަނާ ވަގުތުގައި ދުއްވާނަމަ އެއްގަމު ދަތުރުފަތުރުގެ ޤާނޫނޫ 5/2009 ގެ 67 އަދި 68 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ޓްރާންސްޕޯޓު އޮތޯރިޓީން ވަނީ ވިދާޅުވެފައެވެ.

ހުޅުމާލޭގައި ވެހިކަލް ދުއްވުން މަނާކުރިއިރު އީދު ދުވަހުގެ ހަވީރު މާލެ އާއި ވިލިމާލޭގައި ވެހިކަލް ދުއްވުންވެސް މަނާކުރަން މާލޭ ސިޓީ ކައުންސިލް ވަނީ ނިންމާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ