ހުޅުމާލޭގައި ހުންނަ ދައުލަތުން ބަލަހައްޓާ ކުޑަކުދިން ބަލަހައްޓާ މަރުކަޒު "ފިޔަވަތި" އިން ހަތް ކުއްޖަކު ފިލި މައްސަލައެއް ފެންމަތިވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، މިއަދު ހެނދުނު 07:10 ހާއިރު ހުޅުމާލެ ފިޔަވަތިން 7 ކުއްޖަކު ފިލައިގެން ގޮސްފައިވާކަމަށް ބުނެ ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
ފުލުހުން ނިކުމެ ފެންސެއްގެ މަތީގައި ތިއްބާ އެކުދިން ހޯދައިގެން އަނެއްކާވެސް ފިޔަވަތި އާއި ހަވާލުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
"ހުޅުމާލެ ޕޮލިސް ސްޓޭޝަނުން ކުރި މަސައްކަތުން އެކުދިންތައް ޓްރީޓޮޕް ހޮސްޕިޓަލް ކައިރީގައި ހުރި ފެންސެއްގެ މައްޗަށް އަރާ ތިއްބާ އެކުދިން ނަގައިގެން އަނބުރާ ފިޔަވައްޗަށް ހަވާލުކޮށްފައިވޭ." ފުލުހުން ވިދާޅުވިއެވެ.

މި ހާދިސާގައި އެއްވެސް ކުއްޖަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ފިޔަވަތިން ހަތް ކުއްޖަކު ފިލައިގެން ގޮސްފައި މިވަނީ، ފިޔަވަތީގެ ފެންސް މަތީގައި ކުދިންތަކެއް އުޅުނު މައްސަލައެއް ފެންމަތިވިތާ ގިނަ ދުވަސްތަކެއް ނުވަނީހެވެ.
މީގެ އިތުރުން ކުޑަކުދިންގެ ހިޔާގެ ކޮމްޕައުންޑުން 14 އަހަރުގެ ޝައިމް ގެއްލިފައިވަނީވެސް ދާދި ފަހުންނެވެ. މި މައްސަލަތަކާއި ގުޅިގެން ޖެންޑަރ މިނިސްޓްރީން ކޮންމެ ފަހަރަކުވެސް ވިދާޅުވަނީ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ ކަމަށެވެ.
ހިޔާލު
ތިޔައީ ގަސްދުގަ ދުރާލާރާވާގެން ތިތަނުގައުޅޭ ބަޔަކު ހިންގާ ނުބާ ޖަރީމާއެއް ޔާމީން ވެރިކަމުން ވައްޓާ ލެވުނސް ހުރިހާ މުއައްސަސާތިކުގަ ތިބީނުބާ ހަދާމީހުންކަން ޔަގީންނުވަނީތޯ