ފޮޓޯ: މުހައްމަދު އައުޒަމް

ފިޔަވަތި މޮނިޓަރިންގެ ހާލަތުން ނަގައިފި

ހުޅުމާލޭގައި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބަލަހައްޓަމުން އަންނަ ފިޔަވަތި މޮނިޓަރިންގެ ހާލަތުން ނަގައިފިއެވެ.

މިދިޔަ މަހު ފިޔަވަތި މޮނިޓަރިންގެ ހާލތައް ލާފައިވަނީ މުވައްޒަފުންތަކަކާއި ކުޑަކުދިންތަކެއް ކޮވިޑް-19 އަށް  ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.

ނަމަވެސް ޖެންޑާ މިނިސްޓްރީން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ، ފިޔަވަތިން ޕޮޒިޓިވްވި ކުދިންގެ ފައިނަލް ކޮވިޑް-19 ޓެސްޓުން އެންމެން ނެގެޓިވްވެފައިވާތީވެ، އެތަން މޮނިޓަރިންގެ ހާލަތުން ނަގާފައިވާކަމަށެވެ.

ފިޔަވަތިން ކޮވިޑް-19 އަށް ފުރަތަމަ ޕޮޒިޓިވްވެފައިވަނީ އެތަނުގެ މުވައްޒަފެކެވެ. އަދި މި ކޭސްއާއި ގުޅިގެން،  54 ކޮންޓެކްޓެއް ދެނެގަނެވި ކަރަންޓީން ކުރިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ