އާސެނަލްގެ ތަރި މެޒުޓް އޮޒިލްއަށް ބިރުދެއްކި މައްސަލާގައި އެގޭ ކައިރިން ދެމީހަކު ހައްޔަރުކޮށްފިއެވެ.
މިދެމީހުންވެސް ހައްޔަރުކުރެވިފައިވަނީ އޮޒިލް ގޭގެ ސެކިއުރިޓީންއާދެމެދު ދެބަސްވުމެއް ހިންގަނިކޮށްކަމަށްވެއެވެ.
އަދި މިހާދިސާއާއި ގުޅިގެން ޕްރިމިއާ ލީގުގައި އާސެނަލްއިން މިއަދު ނިއުކާސަލްއާއި ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި އޮޒިލް ހިމަނާފައެއް ނުވެއެވެ. މިމެޗު ފެށުމަށް ހަމަޖެހިފައިވަނީ މިއަދު 06:00 ގައެވެ.
އާސެނަލްއައިން މިދިޔަ ހުކުރުދުވަހު ނެރެނު ބަޔާނެއްގައި ބުނެފައިވަނީ އޮޒިލް ކޮލަސިނެޗް ގެ ސެކިއުރިޓީގެ ކަންކަން އިތުރަށް ބަލަމުންދާތީވެ ނިއުކާސަލްއާއި ދެކޮޅަށް ނުކުންނަ މެޗުގަައި އެދެކުޅުންތެރިން ނުހިމަނަން ނިންމާފައިވާކަމަށެވެ. މިގޮތަށް ނިންމާފައިވަނީ އޮޒިލް އަދި ކޮލަސިނެޗް ފޭރެން ބަޔަކު މަސައްކަތްކުރި ހާދިސާގައި ކަންތައް ހިނގާދިޔަގޮތުގެ ސަބަބުންކަމަށްވެސް އާސެނަލްއިންވަނީ ބުނެފައެވެ.
"ކްލަބުގެ ކުޅުންތެރިންނާއި އެކުޅުންތެރިންގެ އާޢިލާގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ކްލަބުން އެންމެ އިސްކަމެއްދޭ އެއްކަންތައް" އާސެނަލްއިން ބުންޏެވެ.
މެޓްރޯޕޮލިޓަންއިން ބުނެފައިވަނީ ބުރާސްފަތި ދުވަހު ކެމްޑެންގައި ހިނގާދިޔަ ހާދިސާއާއި ގުޅިގެން ދެމީހަކު ހައްޔަރުކުރެވިފައިވާކަމަށާއި އަދި ޖެހިގެން އައިދުވަހު މިދެމީހުންގެ މައްޗަށް ދަޢުވާ ކުރެވިފައިވާއިރު މިދެމީހުން އަންނަ މަހުގެ 6 ވަނަ ދުވަހު ކޯޓަށް ޙާޟިރުކުރުމަށްވެސް ހަމަޖެހިފައިވާކަމަށެވެ.