އާސެނަލްގެ ތަރި މެޒުޓް އޮޒިލް ހާމަކުރި އޭނާގެ ގަދަ 11 އިން ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ބާކީ ވެއްޖެއެވެ.
ދުނިޔޭގައި އުފެދުނު މޮޅެތި ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި މެސީ ހިމެނޭއިރު، މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔަކީ މެސީކަމަށް ޤަބޫލުކުރާ މީހުންވެސް މަދެއް ނޫނެވެ. އެހެންނަމަވެސް އޮޒިލްގެ ގަދަ 11 އިން މެސީއަށް ފުރުޞަތު ގެއްލިފައިވާއިރު، އޮޒިލްގެ ގަދަ 11 ގައި އެންމެ ކުރިއަށް ކުޅޭ ކުޅުންތެރިއެއްގެ ގޮތުގައި ހުރީ ބެންޒެމާއެވެ. ދެން ހިމެނެނީ، ޑިމާރިއާ އަދި ކާކާގެ އިތުރުން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.
ކީޕަރަކަށް ކަސިޔަސް ހުރިއިރު، ޑިފެންޑަރުންގެ ގޮތުގައި އޮޒިލް ނަގާފައިވަނީ ލާމް، ރާމޯސް އަދި ބޯޓެން އާއި މާސެލޯއެވެ. އަދި މެދުތެރޭގައި ހިމެނެނީ އަލޮންސޯއާއި ކަޒޯލާއެވެ.
Casillas
Lahm - Ramos - Boateng - Marcelo
Xabi Alonso - Cazorla
Di Maria - Kaka - C. Ronaldo
Benzema#AskMesut #BestXI https://t.co/Mzyxf9rJWN
— Mesut Özil (@MesutOzil1088) September 9, 2020
ވޭތުވެދިޔަ 7 ސީޒަން އާސެނަލްގައި ހޭދަކޮށްފައިވާ އޮޒިލްގެ ގަދަ 11 ކުޅުންތެރިންގެ ތެރޭގައި އޭނާއާއެކު ރެއަލްމެޑްރިޑަށް ކުޅުނު 8 ކުޅުންތެރިން ހިމެނެއެވެ. އެހެންނަމަވެސް އެލިސްޓްގައި ހިމެނެނީ އާސެނަލްގެ އެންމެ ކުޅުންތެރިއެކެވެ. އެއީ ކުރިން އާސެނަލްއަށް ކުޅުނު ސަންޓީ ކަޒޯލާއެވެ.
ރެއަލްމެޑްރިޑްގައި ތިން ސީޒަން ހޭދަކުރުމަށްފަހު އާސެނަލްއާއި އޮޒިލް ގުޅުނީ 2013 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. މިފަހަކަށް އައިސް އާސެނަލްގެ ޓީމުން ފުރުޞަތު ގެއްލިފައިވާ އޮޒިލް މިދިޔަ ސީޒަންގައި އާސެނަލްއަށް ކުޅެފައިވަނީ އެންމެ 23 މެޗުގައެވެ. އަދި ކާމިޔާބުކުރެވިފައިވަނީ އެންމެ ލަނޑެކެވެ.
ރިޕޯރޓްތައް ބުނާގޮތުން އާސެނަލްއިން އޮޒިލްއަށް ކުރަންޖެހޭ ޚަރަދު ބޮޑުވެ، އޭނާ ވިއްކާލަން ބޭނުންވިނަމަވެސް އާސެނަލްއިން ބޭނުންވާފަދަ ހުށަހެޅުމެއް މިހާތަނަށް އެއްވެސް ޓީމަކުން އޮޒިލްއަށް ހުށަހަޅާފައެއްނުވެއެވެ. އާސެނަލްއިން އޮޒިލްއާއެކު ހަދާފައިވާ އެއްބަސްވުން އަންނަ އަހަރުގެ ޖޫން 30 އަށް ހަމަވާނެއެވެ.




ހިޔާލު
ތިޔައީ އޮޒިލް އެބަޔަކާ އެއްކޮށް ކުޅުނު މީހުންގެ ތެރެއިން އޭނާ ނެގި ފުރަތަމަ އެގާރައެއް. ހަބަރު ލިޔާއިރު ވާނުވާ އެނގިގެން ލިޔެބަލަ.