ޓިމްބަރ ހައުސް އޮފީސް ފަޅާލި ވަގުންނަށް ނިކުމެވުނީ ފުލުހުން ކުރިމައްޗަށް

މާފަންނު ގެއަކުން ވައްކަން ކޮށްގެން ނިކުތް ދެވަގުން ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ރޭ ދަންވަރު 02:46 ހާއިރު މާފަންނު ފުލުހުން ރަށުތެރެ ޕެޓްރޯލް ކުރަމުން ދަނިކޮށް އިއްޒުއްދީން މަގުގައި ހުރި ގެއަކުން ވައްކަން ކޮށްގެން ނިކުތް ދެމީހުން އަތުލައިގަނެފައިވާ ކަމަށެވެ.

"އެދެމީހުން އެގެއިން ނިކުމެ ފިލަން ދުއްވައިގަތުމުން ފުލުހުން ވަނީ އެދެމީހުން ފަހަތުން ގޮސް ހިފެހެއްޓުމަށްފަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި." ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، ބެލި ބެލުމުން އެދެމީހުން "ޓިމްބަރ ހައުސް ޕްރައިވެޓް ލިމިޓެޑް" ގެ އޮފީހުގެ ތަޅު ހަލާކުކޮށްލައިގެން އަދި ދޮރުގެ ބިއްލޫރިގަނޑެއް ތަޅާލައިގެން އޮފީހަށް ވަދެފައިވާ ކަން އެނގިފައިވާ ކަމަށެވެ.

"އެދެމީހުން މަގުމަތިން ހިފެހެއްޓިއިރު ތިބިތަނުން ފޮތި އަންގި ޖޯޑަކާއި، ކަޅުކުލައިގެ ދެ ހުޑާއި، ކޮތަޅު ބޮނޑިއެއް އަދި ކަޅުކުލައިގެ ކެސުއަލް ބޫޓެއްގެ އިތުރުން ފޯނެއް ފެނިފައިވޭ." ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައިގައި ހައްުޔަރުކޮށްފައިވަނީ 38 އަހަރުގެ ދިވެހި ފިރިހެނަކާއި، 42 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙްޤީޤު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ