މާމެންދޫ އެސްޓީއޯ ފާމަސީ ފަޅާލައި ވައްކަން ކޮށްފި

ގއ. މާމެންދޫ އެސްޓީއޯ ފާމަސީ ފަޅާލައި އެތަނުން ވައްކަން ކޮށްފިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި މާމެންދޫ އެސްޓީއޯ ފާމަސީގެ ދޮރު ހަލާކުކޮށްލައިގެން އެތަނަށްވަދެ ލެޕްޓޮޕްއަކާ ދިވެހި ފައިސާއާ ފާމަސީގައި ހުރި ބޭސްތަކެއް ވަނީ ވަގަށް ނަގާފައެވެ.

މި މައްސަލަ ފުލުހުންނަށް ހުށައަޅާފައިވަނީ 2019 އޮގަސްޓް 10 ވަނަ ދުވަހު ހެނދުނު 09:15 އެހާކަންހާއިރުއެވެ. މި މައްސަލައަކާއި ގުޅިގެން މާމެންދޫ ކައުންސިލްއާއި ފުލުހުން ގުޅިގެން އިއްޔެ ހަވީރު 16:10 އެހާކަންހާއިރު ވަގަށް ނަގާއިފާ ލެޕްޓޮޕް ވަނީ ހޯދާފައެވެ.

އަދި ފުލުހުން ވަނީ މި މައްސަލައާއި ގުޅިގެން ކޯޓް އަމުރެއްގެ ދަށުން 26 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް