ވިލިގިލީ މަރާއި ގުޅިގެން މީހަކު ހައްޔަރު ކުރި ޙަބަރު ފުލުހުން ދޮގުކޮށްފި

މިއަދު ގއ ވިލިގިލީގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، މިމައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި އަދި މައްސަލައިގައި އިތުރު މަޢުލޫމާތު ލިބެމުންދާ ވަރަކަށް ހިއްސާ ކުރާނެ ކަމަށެވެ. ފުލުހުން މިހެން ވިދާޅުވީ، މިމައްސަލައިގައި މިމީހާ މަރުވެފައި އޮއްވާ ފެނުނު ހަރުގެ ބަލަހައްޓާ މީހާ ހައްޔަރުކޮށްފައިވާ ކަމަށް ބުނެ މަޢުލޫމާތު ޚަބަރު ދައުރުވަމުން ދަނިކޮށެވެ.

ސ. ހިތަދޫ ހިޔާލީގެ، ހުސެއިން ސިމާދު މިއަދު މަރުވެފައި އޮއްވާ ފެނިފައިވަނީ ގއ.ވިލިނގިލީ އުތުރުކޮޅުގައި ހުންނަ އޮޑި ހަރުގެއެއްގެ ކައިރިންނެވެ. ސިމާދުގެ ހަށިގަނޑު ފެނުނުއިރުވެސް ޒަހަމްތަކެއް ހުއްޓެވެ.

ދައުރުވަމުންދާ ފޮޓޯއަކުން ފެންނަ ގޮތުގައި އޭނާގެ އަތާއި މެއި މަތި އަދި ކޮނޑު މަތީގައި ވެސް ޒަހަމެއް ހުއްޓެވެ. އެޒަހަމްތައް ހުރީ ކަރަންޓް ޖެއްސުމުން ނުވަތަ އަލިފާން ޖެއްސުމުން ފިހިފައި ހުންނަ ގޮތަކަށެވެ. ނަމަވެސް އެއީ ކިހިނެއްވެ ހެދިފައި ހުރި ޒަހަމްތަކެއް ކަން އަދި މުޅިން ކަށަވަރެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް