މިދިޔަ މަހު މަތިން ވެއްޓުނު އެއްޗަކުން ޖެހި ގެއްލުނ ްލިބުނު ކާރެއް

އިމާރާތެއްގެ މަތިން ވެއްޓުނު ފިލާގަނޑަކުން ޖެހި ކާރަކަށް ގެއްލުންވެއްޖެ

މާލޭގެ އިމާރާތެއްގެ މަތިން ވެއްޓުނު ލަކުޑިބުރިއަކުން ޖެހި ކާރަކަށް ގެއްލުންވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، ކޯރުކެނޑިމަގު ރައުންޑްވަން ބުކްޝޮޕް ކައިރީ ހަދަމުންދިޔަ އިމާރާތެއްގެ މަތިން ލަކުޑިބުރިއެއް ވެއްޓިފައިވަނީ ވައިގަދަވުމުގެ ސަބަބުން ކަމަށެވެ.

ދިގުމިނުގައި ހަފޫޓް އަދި ފުޅާމިނުގައި ފޫޓެއް ހުރި އެ ފިލާގަނޑުން ޖެހި ކާރެއްގެ ފަހަތު ބަފރު ހަލާކުވެފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށެވެ.

ހަދަމުންދިޔަ އިމާރާތެއްގެ މަތިން ފިލާގަނޑެއް ވެއްޓި ކާރަކަށް ގެއްލުންވިއިރު، އިމާރާތްކުރަމުންދާ ތަންތަނުން އެއްޗެހި ވެއްޓި ހިތާމަވެރި ހާދިސާތައް ވަނީ އިތުރުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ