ބޯކޮށް ވާރޭވެހި ނައިފަރުގައި ފެންބޮޑުވެއްޖެ

މިހާރު ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ބޯކޮށް ވާރޭވެހި ޅ.ނައިފަރުގައި ފެންބޮޑުވެއްޖެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، ނައިފަރުގައި ފެންބޮޑުވުމުގެ ސަބަބުން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފް ނޮދަރން އޭރިއާގެ ސިފައިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

ވިއްސާރައިގައި ނައިފަރުގައި ފެންބޮޑުވެފައިވާއިރު، ބައެއްް ގެތަކަށް ފެން ވަދެފައިވާކަމުގެ މަޢުލޫމާތުވެސް ވަނީ ލިބިފައެވެ.

ބޯކޮށް ވާރޭވެހި ނައިފަރުގައި ފެންބޮޑުވިއިރު، މިކަމުގެ އިތުރު މަޢުލޫމާތު ހޯދުމަށް ނައިފަރު ކައުންސިލްގެ ހުރިހާ މެންބަރުންނަށް ގުޅުމުންވެސް ފޯނު ނުނަންގަވާތީ އިތުރު މަޢުލޫމާތު ވަނީ ލިބޭގޮތް ނުވެފައެވެ.

ފުލުހުން ވިދާޅުވީ، ވިއްސާރައިގައި ނައިފަރުގެ 4 ގެއަކަށް ފެން ވަދެފައިވާ ކަމަށާއި، އެގެތަކަށް އެހީތެރިވަމުންދާ ކަމަށެވެ.

އެގޮތުން ފެން ހިންދުމުގެ މަސައްކަތާއި ވެލިބަސްތާ ޖެހުމުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މެޓް އޮފީހުން މިއަދު ހެނުނު 07:40 އިން މެންދުރުފަހު 13:40 އަށް މެދުރާއްޖެތެރެއާއި އުތުރުގެ ހުރިހާ އަތޮޅަކަށް އެންމެ ފުރަތަމަ ނެރެފައިވަނީ ވައިޓް އެލާޓެވެ. ގުގުރުމާއެކު ބޯކޮށް ވާރޭ ވެހި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެ ކަމަށް އޭރުވެސް މެޓް އޮފީހުން ވަނީ ލަފާކޮށް އިންޒާރުދީފައެވެ.

ނަމަވެސް، މެދުރާއްޖެތެރެއާއި އުތުރުގެ ބައެްއް ސަރަހައްދުތަކުގެ މޫސުން އިތުރަށް ގޯސްވާނެކަމަށް ލަފާކުރެވޭތީ މެޓް އޮފީހުން ވަނީ އެ ސަރަހައްދުތަކަށް ނެރުނު ވައިޓް އެލާޓް، ޔެލޯ އެލާޓަށް ބަދަލުކޮށް އަލުން އިންޒާރުދީފައެވެ.

ބ.އަތޮޅުން ވ.އަތޮޅަށް މިއަދު ހެނދުނު 08:45 އިން މެންދުރު 12:00 އަށް މެޓް އޮފީހުން ނެރުނު ޔެލޯ އެލާޓްގައި ބުނެފައިވަނީ، އެސަރަހައްދުތަކަށް އެލާޓްގެ ވަގުތުގައި ގުގުރުމާއެކު ބޯކޮށް ވާރޭ ވެހި، ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައި ގަދަވުންވެސް އެކަށީގެންވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. Unknown

    Huss dhogu thibunaa haa fenneh neiy bodu vefa yeh naifarahku , adhi mndf meehun ehves varah kah harakaai theri vaathaneh
    … nufeney

ކޮމެންޓް ކުރުން ބަންދު

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ